"ޝެހެޒާދާ" ފިލްމު
"ޝެހެޒާދާ" ފިލްމު
ލައިފްސްޓައިލް 16 Feb 2023 | 05:01

ސްޓާ ސިނެމާގެ ފަރާތުން "ޝެހެޒާދާ" ފިލްމު އޮލިމްޕަސްގައި އަޅުވަނީ

ސްޓާ ސިނެމާގެ ފަރާތުން "ޝެހްޒާދާ" ފިލްމު އޮލިމްޕަސްގައި މި މަހުގެ 17 އިން ފެށިގެން އަޅުވަންފަށާނެއެވެ.

ސްޓާ ސިނެމާއަކީ ރާއްޖޭގެ ބެލުންތެރިންނަށް ޒަމާނީ، ފަސޭހަ އަދި ބައިނަލްއަޤަވާމީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތަށް ހާއްސަކޮށްގެން ސިނެމާގެ ތަޖުރިބާ ގެނެސްދިނުމަށް މަސައްކަތް ކުރާ ތަނެކެވެ.

އެގޮތުން ސްޓާ ސިނެމާ ވަނީ ހޮލީވުޑް, ބޮލީވުޑް އަދި އެހެނިހެން ސަރަހައްދު ތަކުގެ އަލަށް ރިލީޒް ކުރާ ފިލްމުތައް ރާއްޖޭގެ ބެލުންތެރިންނަށް ގެނެސްދިނުމަށް، އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފިލްމު ޑިސްޓްރިބިއުޓާޒް އާއިއެކު ޕާޓްނާޝިޕް ހަދާފައެވެ.

މިއާއިއެކު އޮލިމްޕަސްގައި ސްޓާ ސިނެމާގެ ފަރާތުން ރިލީޒް ކުރެވިގެން ދާނެ އެންމެ ފުރަތަމަ ފިލްމަކީ ޓީ ސީރީޒް ފިލްމްގެ "ޝެހްޒާދާ" އެވެ.

"ޝެހްޒާދާ" ފިލްމް ދައްކުވައިދެނީ މެދުފަންތީގެ ނާތަހުޒީބު ޒުވާޏެއް އޭނާ އަކީ މިލިއަނަޔާރ އިންޑަސްޓްރިއަލިސްޓެއްގެ ދަރިއެއްކަން ވިސްނި، އޭނާގެ އަސްލު އާއިލާއާއި ދިމާވާ ހިސާބުން ދިރިއުޅުމަށް އަންނަ ބަދަލުތަކާއި އޭނާ ކުރިމަތިލާންޖެހޭ ނުރައްކާތަކެވެ.

މި ފިލްމުގެ ތަރިންނަކީ ކްރިތީ ސެނަން އަދި ފިލްމު ކޯޕްރޮޑިއުސް ކުރުމުގައި ބައިވެރިވި ކާރްތިކް އަރްޔާން އެވެ.

އޮލިމްޕަސް ސިނެމާއިން މި ފިލްމް އަޅުވާނީ 17 ފެބްރުއަރީ އިން 26 ފެބްރުއަރީއަށެވެ.

އެގޮތުން 17 ފެބްރުއަރީ ގެ ޝޯ 16:00 ޖަހާއިރު އޮންނައިރު 18 ފެބްރުއަރީއިން ފެށިގެން ޝޯ ދެއްކިގެން ދާނީ ރޭގަނޑު 9:00 ޖަހާއިރުއެވެ.

މި ފިލްމުގެ ޓިކެޓް އޮލިމްޕަސް ކައުންޓަރުން ނުވަތަ 7201199 އަށް ގުޅާލައްވާގެން ބުކް ކުރެނެއެވެ.

ޓިކެޓް ގެ އަގަކީ 130ރ. އެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް