ހާލަންޑް ސިޓީގެ ކޯޗާއި އެކު
ހާލަންޑް ސިޓީގެ ކޯޗާއި އެކު
ކުޅިވަރު 16 Mar 2023 | 04:35

ފަސް ލަނޑުޖެހުމުން ގާޑިއޯލާ، ހާލަންޑް ބަދަލުކުރީ ކީއްވެގެންކަން އެނގޭތަ!

ޔުއެފާ ޗެމްޕިއަންސްލީގުގެ ދެވަަނަ ބުރުގެ ދެވަަނަ ލެގުގައި މެންޗެސްޓާ ސިޓީގެ ދަނޑުގައި އާރުބީ ލައިޕްޒިގް އާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ނޯވޭ ފޯވާޑް ހާލަންޑް ފަސް ލަނޑުޖެހުމުން މެޗުގެ ބާކީ 30 މިނެޓު އޮއްވާ އޭނާ ބަދަލުކުރި ސަބަބު ސިޓީގެ ކޯޗު ގާޑިއޯލާ ހާމަކޮށްފިއެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ހާލަންޑް އަކީ ވަރަށް ޒުވާން ކުޅުންތެރިއެއް ކަމަށާއި އުމުރުން 22 ނޫނީ 23 އަހަރުގައި ޗެމްޕިއަންސްލީގުގައި އެއް މެޗެއްގައި ހަ ލަނޑުޖެހިއްޖެނަމަ އޭގެ ސަބަބުން އޭނާގެ ކެރިއަރުގެ ކުރިއަށް އޮތް ތަނުގައި ހާސިލްކުރުމަށް ބޭނުންވާ އެފަދަ ޓާގެޓެއް ނޯންނާނެ ކަމަށެވެ.

މީގެ ކުރިން ޗެމްޕިއަންސްލީގުގައި އެއް މެޗެއްގައި ފަސް ލަނޑުޖެހުމުގެ ރެކޯޑް އޮތީ ބްރެޒިލްގެ ލުއިސް އެޑްރިއާނޯ އާއި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީގެ އަތުގައެވެ. ނަމަވެސް ހާލަންޑް އަށް އެ ރެކޯޑް މުގުރާލުމުގެ ފުރުސަތު އޮއްވާ ގާޑިއޯލާ އޭނާ ބަދަލުކުރުން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔުންތައް އަމާޒުކުރުވަމުންނެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެމުން ގާޑިއޯލާ ބުނީ އޭނާ ބޭނުންވީ ހާލަންޑް އިތުރަށް މޯޓިވޭޓް ކުރުމަށް ކަމަށާއި އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މެސީގެ އެރެކޯޑު މުގުރާލުމަށް އޭނާ އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިޒަމާނުގައި ޗެމްޕިއަންސްލީގުގައި މިހާތަނަށް 10 ލަނޑު ކާމިޔާބުކޮށްފައިވާ ހާލަންޑް އޭނާގެ ކެރިއަރުގައި މިހާތަނަށް ޗެމްޕިއަންސްލީގުގައި ކުޅުނު 25 މެޗުގައި ވަނީ 33 ލަނޑު ކާމިޔާބުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް