އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން--
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދީން 16 Sep 2022 | 08:20

ޣީބަބުނުމާއި ނެތިމޮށުމަކީ މީހުންގެ ހިތްތަކުގައި ރުޅިވެރިކަމުގެ އަލިފާން އެނދުމަށްޓަކައި ބޭނުންކުރާ ދަރު: ޚުތުބާ

ޣީބަބުނުމާއި ނެތިމޮށުމަކީ މީސްތަކުން ބައިބައިކުރުމަށާއި މީހުންގެ ހިތްތަކުގައި ރުޅިވެރިކަމުގެ އަލިފާން އެނދުމަށްޓަކައި ބޭނުންކުރާ ދަރެއްކަމުގައި މިއަދު ހުކުރުޚުތުބާގައި ބުނެފިއެވެ.

"ދެބަސްވުމުގެ އަދަބުތަށް" މައުޟޫއަށް ބިނާ ކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، މިޒަމާނުގައި ކޮފީތަކުގައްޔާއި، ނާދިތަކުގައްޔާއި، ޓުވިޓާ އާއި، ފޭސްބުކް ފަދަ މަންސަތަކުގައި މީހުންގެ އައިބުތައް ހާމަކޮށް ފަތުރާ މީހުން ގިނަވެފައިވާކަމަށެވެ.

"މި އާފަތް ވަނީ ޒަމާނީ މުޖްތަމަޢުތަކުގައި ރޯގާއަކަށް ވެފައެވެ. ހިތުގައި އީމާންކަން ފުރަހަމަ ނުވާ ކޮންމެ މީހަކު ވަނީ، މި ރޯގާގެ ޖަރާސީމުން އޭނާގެ ހިތް ކިލަނބު ކޮށްފައެވެ. ޓުވިޓާ އާއި، ފޭސްބުކް ފަދަ މީސްމީޑިއާގެ މަންސަތަކުގައި މުސްލިމުންގެ އަބުރާއި، އިއްޒަތަށް ބުރޫއަރާ ގޮތަށް ދައްކާ ވާހަކަތަކަކީ، ނެތިމޮށުމާއި ޣީބަބުނުމުގެ ތެރޭގައި ހިމެނޭ އަމަލުތަކެއްކަން ކަށަވަރެވެ. މާތް ރަަަސްކަލާނގެ އާއި އެކަލާނގެ ރސޫލާ ވަނީ ނެތިމޮށުން މަނާކުރައްވައިފައެވެ." ޚުތުބާގައި ބުނެފައިވެއެވެ.

މިއާއެކު ޚުތުބާގައި ބުނީ، ޣީބަބުނުމާއި ނެތިމޮށުމަކީ މީސްތަކުން ބައިބައިކުރުމަށާއި މީހުންގެ ހިތްތަކުގައި ރުޅިވެރިކަމުގެ އަލިފާން އެނދުމަށްޓަކައި ބޭނުންކުރާ ދަރެއް ކަމަށެވެ. އަދި އެއީ ފަރުދުންނާއި ޖަމާއަތްތައް ޚަރާބުކުރާ ނުރައްކާތެރި ވަބާއެއް ކަމަށާ، ވުމާއެކު އެފަދަ އެންމެހައި ސިފަތަކުން ދުރުހެލިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން، އެކުވެރިންނާއި މުވައްޒަފުންނާއި، ގާތްތިމާގެ މީހުންނާއި ވާހަކަދައްކާ އިރުވެސް ނުވަތަ މައްސަލައަކާ ބެހޭގޮތުން ބަހުސްކުރާއިރު ރިވެތި އަދަބުތަކަށް ތަބާވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

"އަހަރެމެން ހިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށްގެން ނުވާނެ. އަހަރެމެންނާ ދެބަސްޗާ ކޮންމެ މީހަކު މުޖްރިމަކަށް ހަދައިގެން ނުވާނެ އެވެ. ދީނީ މައްސަލަތަކުން މައްސަލައެއްގައި ބުހުސްކުރާނަމަ އެ މައްސަލައަކާ ބެހޭގޮތުން އިލްމުވެރިންގެ ރައުޔުތަކާއި ހުއްޖަތްތަކުގެ އަލީގައި މެނުވީ ޖަދަލުތައް ކުރިއަށްގެންގޮސްގެން ނުވާނެ އެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް