Fnfn
Fnfn
ވިޔަފާރި 16 Oct 2023 | 05:14

މިހާރު ޕޭޔާ މެދުވެރިކޮށް އެފްއެސްއެމްގެ ޝެޑްތަކަށާ، ޝްވެކް ސިނަމާގެ ޓިކެޓަށް ފައިސާ ދެއްކޭނެ!

ނަގުދު ފައިސާ ދެއްކުމުގެ ބަދަލުގައި ޕޭޔާގެ ކިއުއާރު ކޯޑު މެދުވެރިކޮށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދައްކައި، އަދި ޝްވެކް ސިނަމާގެ ޓިކެޓަށްވެސް ފައިސާ ދައްކާލެވޭނެ ކަމަށް ޕޭޔާއިން ބުނެފިއެވެ.

ޕޭޔާ ބޭނުންކުރާ ކަސްޓަމަރުންނަށް ކިއުއާރު ކޯޑު މެދުވެރިކޮށް އެފްއެސްއެމްގެ ޝެޑްތަކަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ޕޭޔާއިން ދެކެއެވެ.

"ނަގުދު ފައިސާ އާއި ކާޑުގެ އުނދަގުލަކާ ނުލައި މިހާރު ފަސޭހަކަމާއެކު ވެހިކަލަށް ތެޔޮ އަޅާލެވޭނެ. ޕޭޔާގެ އަވަސް، ކޮންޓެކްޓްލެސް އަދި ސްޓްރެސް ފްރީ ޕޭމަންޓްސް މެދުވެރިކޮށް އެފްއެސްއެމްއަށް ފައިސާ ދެއްކޭ ގޮތް ހަމަޖެހުމަކީ ވަގުތު ސަލާމަތްކުރެވޭނެ ކަމެއް،" ޕޭޔާއިން ބުންޏެވެ.

އަދި ޕޭޔާގެ އަވަސް ޕޭމަންޓްސް މެދުވެރިކޮށް ޝްވެކުން ފިލްމް ބަލާލެވޭނެ ގޮތް ހަމަޖައްސައިދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޒުވާން ދިވެހި ޑިވެލޮޕަރުންތަކެއް އުފެއްދި ޕޭޔާއަކީ ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެއްތަނަކުން ހުރިހާ ބިލަކަށް ފައިސާ ދެއްކޭނެ ވަސީލަތެއް ގާއިމުކުރަން ތައްޔާރު ކޮށްފައިވާ އެޕްލިކޭޝަންއެކެވެ. ޕޭޔާ އެޕްލިކޭޝަން ތަޢާރަފްކޮށްފައި ވަނީ 2018ގައެވެ. މި އެޕްލިކޭޝަންގެ ކިއުއާރު ސްކޭން މެދުވެރިކޮށް ބައެއް ފިހާރަތަކަށާއި ކެފޭ، ރެސްޓޯރަންޓްތަކަށް ވެސް ފައިސާ ދެއްކެ އެވެ.

ޕޭޔާއަށް ޕޭމަންޓް ސާވިސް ޕްރޮވައިޑާއެއްގެ ލައިސަންސް އެމްއެމްއޭ އިން ދިނީ މާޗް 2022ގަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް