ސާޖިއޯ ބުސްކެޓްސް ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާ ކުރިކަން އިއުލާނުކޮށްފި
ސާޖިއޯ ބުސްކެޓްސް ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާ ކުރިކަން އިއުލާނުކޮށްފި
ކުޅިވަރު 16 Dec 2022 | 13:48

ސާޖިއޯ ބުސްކެޓްސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުން ސްޕެއިން ކެޓުމާއި އެކު އެޓީމުގެ މިޑްފީލްޑަރު އަދި މިވަގުތު އެންމެ ގިނަ ދުވަސްވީ އެއް ކުޅުންތެރިޔާ ސާޖިއޯ ބުސްކެޓްސް ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާ ކުރިކަން އިއުލާނުކޮށްފި އެވެ.

" ގާތްގަނޑަކަށް 15 އަހަރާއި 143 މެޗަށް ފަހު ގައުމީ ޓީމަށް އަލްވަދާއު ކިޔަން ވީ ވަގުތު އަތުވެއްޖެކަން އިއުލާނުކުރަން، " އުމުރުން 34 އަހަރުގެ ބާސެލޯނާގެ މަޝްހޫރު ކުޅުންތެރިޔާ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލިޔެފައިވެ އެވެ.

އޭނާ ރިޓައަޔާކުރިކަން ސްޕެއިންގެ ރަސްމީ ފުޓްބޯޅަ އިދާރާއިންވެސް ވަނީ އިއުލާނުކޮށްފައެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންގެ ޓީމުގެ ކެޕްޓަންކަން ކޮށްފައިވަނީ ވެސް ބުސްކެޓްސް އެވެ.

ބުސްކެޓްސް ވަނީ ސްޕެއިނަށް 143 މެޗު ކުޅެދީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވެފައިވަނީ އަންޑޯނީ ޒުބިޒާރޭޓާ، ފެނާންޑޯ ހިއޭރޯ، އިކާ ކަސިލަސް، ޒަވީ ހެނާންޑޭޒް، އަންދްރޭސް އިނިއެސްޓާ އަދި ސާޖިއޯ ރާމޯސްއާއެކު ހަތަރު ފީފާ ވޯލްޑް ކަޕް ކުޅުނު ސްޕެއިންގެ ހަތް ވަނަ ކުޅުންތެރިޔާއަށެވެ.

ބުސްކެޓްސް ވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް އަދި ޔޫރޯ ފުޓްބޯޅަ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް