ދިވެހި ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ދިވެހި ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު 16 Dec 2022 | 15:28

ރާއްޖެއަށް ސިންގަޕޫރް ބަލި ނުކުރެންވީ ސަބަބެއް ނެތް!

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މާދަމާ ހަވީރު ރާއްޖެ ގަޑިން 15:00 ގައި ދިވެހި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ސިންގަޕޫރް އާއި ދެކޮޅަށް ނުކުންނައިރު އުފެދޭ ސުވާލަކީ ދިވެހި ޓީމަށް ސިންގަޕޫރް ބަލިކުރެވިދާނެތޯ އެވެ.

މި މަހު ނެރުނު ފިފާ ރޭންކިންގައި ރާއްޖެއަށް ވުރެ ދެ ދަރަޖަ ފަަހަތުގައި، 160 ވަނާގައި ސިންގަޕޫރް އޮތް އިރު ތިން ދަރަޖައިގެ ވެއްޓުމަކާއެކު މިވަގުތު ފީފާ ރެންކިންގައި ދިވެހި ރާއްޖެ އޮތީ 150 ވަނާގައެވެ. މިގެ ކުރިން މި ދެޓީމު ދެ ފަހަރެއްގެ މަތިން ވާދަކޮށްފައިވާއިރު ދެ މެޗުން ވެސް މޮޅުވެފައިވަނީ ސިންގަޕޫރެވެ. ފުރަތަމަ މެޗު 2011 ވަނަ އަހަރު ކުޅެވުނު އިރު އެމެޗު ސިންގަޕޫރް ކާމިޔާބު ކުރީ 4-0 ގެ ތަފާތުބޮޑު ނަތީއްޖާއަކުންނެވެ. އަދި ދެވަނަ މެޗު 2018 ވަނަ އަހަރު ކުޅެވުނު އިރު ވާދަވެރި ކުޅުމަކަށް ފަހު ދިވެހި ޓީމު ބަލިވީ 3-2 ން ނެވެ.

ރައްޖޭގެ ޤައުމީ ޓީމު އެންމެ ފަހުން ކުޅުނު މެލޭޝިއާ މެޗުން 3-0 ން ބަލިވި އިރު މިއީ އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖޭން ކުޅުނު 11 މެޗުގެ ތެރެއިން ބަލިވި ހަތަރު ވަނަ މެޗެވެ. މީގެ ކުރިން ބަލިވީ މިދިޔަ އަހަރުގެ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އަތުންނާއި މިއަހަރު ކުޅުނު އޭޝިއަން ކަޕް ކޮލިފައިންގައި އުޒްބެކިސްތާނާއި ތައިލެންޑް އަތުންނެވެ.

އަހަރެންހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އަޝްފާގު، މެލޭޝިއާ އަދި ސިންގަޕޫރ އާއި ދެކޮޅަށް އެކުލަވާލި ސްކޮޑުގައި ހިމެނުނު

ސިންގަޕޫރް ޓީމް ސެޕްޓެންބަރ މަހު ވިއެޓްނާ އަތުން 4-0 ން ބަލިވި އިރު އިންޑިއާ އާއި ވާދަކުރި މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެން ނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް