5 ތަރީގެ ކުޅުމަކާއެކު އާސެނަލް މޮޅުވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލްއިން ފުލަމްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްފިއެވެ. މި މެޗުން އާސެނަލް މޮޅުވެފައިވަނީ 5-1 ކުން ނެވެ.
އާސެނަލްގެ ފޯވަޑުންކަމަށްވާ ލަކަޒެޓް އަދި އޯބާމެޔާންގ ވަނީ ކުޅުންތެރިޔަކު 2 ލަނޑު ޖަހާފައެވެ. އަނެއް ލަނޑު ޖަހާދީފައިވަނީ ރޭގެ މެޗުގައި މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ރަމްސޭއެވެ.
ޕްރިމއަރ ލީގަށް މިސީޒަނުގައި އަލަށް ޕްރޮމޯޓުވި ފުލަމްގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު އެޓީމަށް ޖަހާދީފައިވަނީ ޝާލޭއެވެ.
މިއީ އާސެނަލް ހުރިހާ މުބާރާތަކުން ޖެހިޖެހިގެން މޮޅުވި 9 ވަނަ މެޗުކަން ފާހަގަކޮށްލަން ޖެހެއެވެ. މިމޮޅާއެކު އާސެނަލް ގަދަ ހަތަރަކަށް އެރި އިރު ފުލަމްއޮތީ ރެލިގޭޝަން ޒޯނަށް ކުރިޔާ ނުވެއްޓިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް