ފަސޭހަ ކަމާއެކު ސްޕެއިން އިން ވޭލްސް ބަލިކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސްޕެއިންއާއި ވޭސްލް ބައްދަލު ކުރި ރަހުމަތްތެރި ކަމުގެ މެޗު 4 ލަނޑު 1 ލަނޑުން ސްޕެއިން ކާމިޔާބު ކޮށްފިއެވެ.
ވޭލްސް އިން އެޓީމުގެ ތަރި ގަރެތް ބޭލް ނުލައި ކުޅުނު މި މެޗުގައި ސްޕެއިންގެ ލަނޑުތައް ޖަހާއިދިނީ ފްރެންސިސްކޯ އަލްކަސޭސާ، ސާޖިއޯ ރާމޯސް، އަދި މާކް ބާޓާއެވެ.
އަލްކަސޭސާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ ސްޕެއިންއަށް ދެ ލަނޑު ޖަހާދީފައެވެ.
ވޭލްސްގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހާއިދީފައިވަނީ މެޗު ނިމެން އެންމެ މިނެޓަކަށް ވެފައިވަނިކޮށް ސޭމް ވޯކްސްއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް