N/A
N/A
ހަބަރު 05 Nov 2018 | 10:14

ރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވި ގޮތް ގެނެސްދިނުމަށް މީޑިއާތަކަށް މޫސާ ގޮވާލައިފި

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ މިއަހަރުގައި މިއޮތް މަދު ދުވަސްކޮޅު ގިނަގިނައިން ޖުމްހޫރިއްޔަތާއި ބެހޭ މައުލޫމާތުތައް ވީހާވެސް ފުޅާދާއިރާއެއްގައި މީޑިއާތަކުން ގެނެސްދިނުމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އިލްތިމާސްކުރައްވައިފިއެވެ.

މޫސާ މަނިކު މިހެން ވިދާޅުވީ 17 ނޮވެންބަރު ގައި އިންތިހާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދައުވަތު ދެއްވުމުގެ ގޮތުން މަޖިލިސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރާއްޖޭގެ ތާރީހް ނޯޅޭގޮތައް ވަކިފަރާތަކަށް ބުރަނުވެ ރާއްޖޭގެ ޖުމްހޫރީ ވެރިކަން ފެށިގެން އައިގޮތާއި، މިހާތަނަށް ޖުމްހޫރިއްޔަތު ހިނގާފައި އޮތް ގޮތާއި، ޖުމްހޫރިއްޔަތުގެ ބޭނުމަކީ ކޮބައިކަމާމެދު ރައްޔިތުން ދެކޭގޮތް މީޑިއާ ތަކުން ރައްޔިތުންނަށް އަންގައިދިނުމަށް މޫސަ އެދިވަޑައިގަތެވެ.

މޫސަ އިތުރަށް ވިދާޅުވީ ޖުމްހުރީ ދުވަހަކީ ރާއްޖޭގެ ހުރިހާ ފަރާތަކުންވެސް ފާހަގަ ކުރަންޖެހޭ ދުވަހެއްކަމަށާއި މިދުވަސް ފާހަގަ ކުރުމަށް އެންމެހާ މުއައްސަސާތަކަށް މަޖިލީސްގެ ފަރާތްތަކުން ގޮވާލާކަމަށެވެ.

"ޖުމްހޫރިއްޔަތަކީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން، އުފައްދާ ސަރުކާރު އައިސްގެން އެމީހުންގެ ވެރިކަންކުރާ ކަމަކަށްވާތީ ހަމަ އެކަނި މަޖިލިސް، މީގަ ބައިވެރިވިއެއް ކަމަކު، މަޖިލިސް މީގެ އިސްނެގިއެއްކަމަކު، ސަރުކާރާއި ދައުލަތުގެ އެހެން މުއައްސަސާތަކަށްވެސް އަޅުގަނޑުމެން ގޮވާލަން، މީގެ ބޮޑުބައި މި ރައްދުވަނީ ރައްޔިތުން ނިންމާ ވޯޓަކުން ނިންމާ ވެރިކަމެއް އަންނަ ކަމެއް ކަމަށްވާތީ، މުޅި ހުރިހާ ރައްޔިތުންވެސް މި މުނާސަބު ފާހަގަ ކުރުމަކީ، މަޖިލީހުގެ ރައީސާއި މެމްބަރުންގެވެސް އެދުމެއް،" މޫސަ ވިދާޅުވި އެވެ.

މީގެ އިތުރުން 17 ނޮވެންބަރުގައި އިންތިހާބީ ރައީސް ހުވާކުރާ ޖަލްސާ ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވުމަށް މަސައްކަތް ކުރެވެމުން ދާކަމުގެ މައުލޫމާތުވެސް މޫސަވަނީ ހިއްސާ ކުރައްވާފައެވެ. މި ޖަލްސާއަށް ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް ދައުވަތު ކާޑުތައް ހަވާލު ކުރާނެކަމަށާއި، އެއީ އެބޭފުޅުން ބޭނުން ފަރާތަކަށް ދައުވަތު އެރުވުމަށް ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

އޭގެ އިތުރުން މި ރަސްމިއްޔާތަށްް ރާއްޖެއިން ބޭރުގެ ގައުމު ތަކުގެ އިސް ވެރިންނާއި، ކުރީގެ ހުރިހާ ރައީސުންނާއި، ނައިބު ރައީސުންގެ އިތުރުން ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަށްވެސް ދައުވަތު އަރުވާނެ ކަމުގައިވެސް މޫސަ ހާމަކުރެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...