ސްރިލަންކާގައި ކުދިން ސްކޫލަށް ނުފޮނުވާ މައިބަފައިންނާއި މެދު ގާނޫނީ ފިޔަވަޅު އަޅަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުދިން ސްކޫލަށް ނުފޮނުވާ މައިބަފައިންނާއި މެދު ގާނޫނީ ފިޔަވަޅު އަޅަން ވަރަށް އަވަހަށް ފައްޓާނެ ކަމަށް ސްރިލަންކާގެ ޖަސްޓިސް މިނިސްޓަރ ތަލާތަ އަޓުކޮރާލެ ބުނެފިއެވެ.
ސްރިލަންކާގެ ގްރޭޑް 1 އަކުން 13 އަށް ކިޔެވުމަކީ ކުދިންނަށް މަޖުބޫރު ކަމެއް ކަމަށާއި މިއަހަރު ނޫނީ އަންނަ އަހަރުން ފެށީގެން މިކަން މިގޮތުގައި ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މައިންބަފައިން އެމީހުންގެ ދަރިން ސްކޫލަށް ނުފޮނުވާނަމަ ސަރުކާރަށް އެމީހުންނާއި ދެކޮޅަށް ދައުވާ ކުރުމަށް ގާނޫނު ތަން ދޭ ކަމުގައިވެސް މިނިސްޓަރު ހާމަކުރައްވާފައިވެއެވެ.
21 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރިލަންކާގައި މިގޮތަށް އަމަލު ކުރަން ފެށުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ގައުމުގެ ލިޓްރަސީ ރޭޓް މަތިކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް