ހުކުމް އިއްވުން މިއަދު 1:00 އަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިނިދިޔަ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މިއަދު 1:00އަށް ސުޕްރީމު ކޯޓުގައި ތާވަލު ކޮށްފިއެވެ.
މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ނިންމާފައި ވަނީ މައްސަލާގައި ރައީސް ޔާމީނުގެ ފަރާތުން ހުށަހެޅުއްވި ސިއްރު ހެކި ބަލައި ނުގަތުމަށެވެ.
ސުޕްރީމް ކޯޓްގެ ފުލް ބެންޗުން ބައްލަވައި ދުސްތޫރީ އެ މައްސަލައިގެ އެންމެ ފަހުން އަޑުއެހުން ބާއްވާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހަޅުއްވާފައި މައްސަލައިގައި އެދިފައި ވަނީ އިންތިހާބާ މެދު ކުރެވޭ ޝައްކުތައް ތަހުގީގު ކުރުމަށް ފުލުުހުންނާއި ސިފައިންގެ މައްޗަށް އަމުރުކޮށްދިނުމަށާއި އަދި އިންތިހާބު ބާތިލްކޮށް އާ އިންތިހާބެއް ބޭއްވުމުގެ އަމުރެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެރެދިނުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް