ގާސިމް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތިން އަހަރާއި ދެ މަހަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ބާތިލު ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ގާސިމް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގަ މެންބަރުންތަކަކަށް ރިޝްވަތު ދިންކަމަށް ސާބިތުވުމުންނެވެ. ހުކުމުގައި ވަނީ ގާސިމުގެ މައްޗައް ވަނީ ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމަށެވެ.
އެ ހުކުމަށްފަހު ގާސިމްވަނީ ބޭސް ފަރުވާއަށް ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވާފައެވެ. އަދި އެމަނިކުފާނު ރާއްޖެ ވަޑައިގަތީ އިސްތިއުނާފުގެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން މިނިވަންކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކުރުމުންނެވެ.
އެ މައްސަލައިގަ ގާސިމް ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވުމުން މިއަދު ހުކުމް އިއްވަމުން ހައި ކޯޓުން ބުނެފައިވަނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ އޮންނަ އުސޫލުތަކުގެ ބޭރުން ކޮށްފައިވާ ހުކުމެއް ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް