ޢީދު ޚުތުބާ އަޑު އަހަނީ
ޢީދު ޚުތުބާ އަޑު އަހަނީ
ދީން 27 May 2026 | 03:24

ޢީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކޮށް، ދީނާ ފުށުއަރާކަންކަން ކޮށްގެން ނުވާނެ: ޢީދު ޚުތުބާ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބަރަކާތްތެރި އަޟުޙާ ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ޝަރީޢަތުގެ މިންގަނޑުތަކުން ބޭރުނުވުމަށާއި، ޢީދުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި ދީނާ ފުށުއަރާ ކަންކަން ނުކުރުމަށް މިއަދުގެ ޢީދު ޚުތުބާގައި ގޮވާލައިފިއެވެ.

"ޢީދުގެ އަދަބުތައް" މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޢީދު ޚުތުބާގައި ބުނެފައިވާ ގޮތުގައި، ޢީދަކީ މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެއް ނަމަވެސް، އެކަންކަން އޮންނަންވާނީ އިސްލާމީ އިންތަކުގެ ތެރޭގައެވެ. އެގޮތުން ޢީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް މަލާމާތްކުރުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމުގެ އިތުރުން ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުމަކީ ދުރުހެލިވާންޖެހޭ ކަންކަން ކަމުގައި ޚުތުބާގައި ބުންޏެވެ.

ޢީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމާއި ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުމާއި މިކަންކަމުން ދުރުހެލިވާންޖެހޭނެއެވެ. އަދި ޢީދުގެ އެންމެހައި ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް اللهއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިޢާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާންކުރާށެވެ! ޢީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ޘަޤާފަތާ ޚިލާފު، އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ.

ޚުތުބާ

ޚުތުބާގައި ބުނި ގޮތުގައި މިއަދަކީ މުޅި އަހަރުތެރޭގައި އަންނާނެ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ޢީދުގައި މާތް الله ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ ގިނަގިނައިން ތަކުބީރުކިޔުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ޙައްޖުމަސް ފެށުމާއެކު އެމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ގޭގޭގައްޔާއި މަގުތަކުގައި އަޑުހަރުކޮށް ތަކުބީރުކިޔުމަކީ ރަސޫލާގެ އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅު ހުރި ގޮތްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

އަޟުޙާ ޢީދުގެ އެންމެ މުހިންމު އެއް އަޅުކަން ކަމުގައިވާ އުޟްޙިޔާ ކަތިލުމާ ގުޅޭގޮތުން ވާހަކަދައްކަމުން، އެއީ އިބްރާހީމް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް މާތް اللهގެ އަމުރުފުޅަށް ކިޔަމަންތެރިވެ ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ ހަނދާން އާކޮށްދޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އުޟުޙިޔާ ކަތިލުމަކީ މިއަދުގެ އިސްލާމީ ޝަރީޢަތުގައި ވެސް ގަދަވެގެންވާ ސުންނަތެއްކަން ބަޔާންކުރިއެވެ.

މިއަދުގެ ޚުތުބާގައި ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުސްލިމުންނަށް ޢީދުގެ ތަހުނިޔާ ކިޔައި، އެމީހުން ޢީދުގެ އުފަލުގައި ބައިވެރިކުރުމަށް ބާރުއަޅާފައެވެ. ހަމައެއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތި ހާލުގައި ތިބި މުސްލިމުންނާއި، ޚާއްޞަކޮށް ފަލަސްޠީނ ފަދަ ޤައުމުތަކުގައި ޤަތުލުޢާންމުތަކާ ކުރިމަތިލަމުންދާ އަޚުންނާއި އުޚުތުންގެ މަތިން ހަނދާންކޮށް، އެމީހުންނަށްޓަކައި ހެޔޮ ދުޢާކުރުމަށް އިލްތިމާސްކުރިއެވެ.

ނިންމާލަމުން ޚުތުބާގައި ގޮވާލާފައިވަނީ، ޢީދުގެ ބޮޑު ޖަމާޢަތުން ވަކިވުމުގެ ކުރިން އެކަކު އަނެކަކަށް މަޢާފުކޮށް، ހިތްތައް ސާފުކުރުމަށެވެ. އަދި ބޮޑާކަމާއި ޙަސަދަވެރިކަން ހިތުން ފިލުވައިލުމަށާއި، ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ހަނދާނަށް ގެނެސް ސަލާމަތް ހިތަކާއިގެން މާތް اللهއާ ބައްދަލުކުރުމަށް ތައްޔާރުވުމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޢަރަފާތު ދުވަހުގެ ޚުތުބާ ބައްޕަ ދެއްވާއިރު، ނަބަވީގައި ޢީދު ޚުތުބާ ދެއްވާނީ ދަރިފުޅު
26 May 2026 ދުނިޔެ

ޢަރަފާތު ދުވަހުގެ ޚުތުބާ ބައްޕަ ދެއްވާއިރު، ނަބަވީގައި ޢީދު ޚުތުބާ ދެއްވާނީ ދަރިފުޅު

1447 ވަނަ އަހަރުގެ، މި އަހަރުގެ އަރަފާތު ދުވަހުގެ ޚުތުބާ މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ޢަލީ ބިން ޢަބްދުއްރަޙްމާން އަލް-ޙުޛައިފީ ދެއްވާއިރު، ނަބަވީގައި ޢީދު ޚުތުބާ ދެއްވާނީ ޝެއިޚްގެ ދަރިކަލުން ޝ...

މާލެ ސަރަހައްދުގައި ޢީދު ނަމާދުގެ ބޮޑު ޖަމާއަތުގެ ޚަތީބުން ހާމަކޮށްފި
25 May 2026 ހަބަރު

މާލެ ސަރަހައްދުގައި ޢީދު ނަމާދުގެ ބޮޑު ޖަމާއަތުގެ ޚަތީބުން ހާމަކޮށްފި

މި އަހަރުގެ އަޟްހާ ޢީދު ނަމާދު, ބޮޑު ޖަމާއަތުގައި މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ކުރުމަށް ނިންމާފައިވާއިރު ޢީދު ނަމާދުގެ ބޮޑު ޖަމާއަތުގެ ޚަތީބުންގެ މައުލޫމާތު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއ...

ބޮޑު އީދު ނަމާދު: ބޮޑު ޖަމާއަތް ހަތަރު ސަރަހައްދެއްގައި، 25 މިސްކިތުގައި ކުރާނެ
24 May 2026 ހަބަރު

ބޮޑު އީދު ނަމާދު: ބޮޑު ޖަމާއަތް ހަތަރު ސަރަހައްދެއްގައި، 25 މިސްކިތުގައި ކުރާނެ

މި އަހަރުގެ އަޟްހާ ޢީދު ނަމާދު, ބޮޑު ޖަމާއަތުގައި މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މާލެ...

ޢީދު ޚުތުބާގައި ގޮވާލީ އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޢީދުގައި ޖާގަނުދިނުމަށް
20 Mar 2026 ދީން

ޢީދު ޚުތުބާގައި ގޮވާލީ އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޢީދުގައި ޖާގަނުދިނުމަށް

އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޢީދުގައި ޖާގަނުދިނުމަށް މިއަދުގެ ޢީދު ޚުތުބާގައި ގޮވާލައިފިއެވެ. މިއަދު ފާހަގަކުރަމުންދާ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި އިއްވި ޢީދު ޚުޠުބާގައި ބު...

އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ޒުވާން ދެ ޚަތީބުން
18 Mar 2026 ހަބަރު

އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ޒުވާން ދެ ޚަތީބުން

މާލެސިޓީގައި ފިތުރު އީދު ނަމާދު ހަތަރު މައިދާނެއްގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު ބޮޑު ޖަމާއަތުގައި ޚަތީބު ކަން ކުރާނެ ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފި އެވެ. މާލެއާ ވިލިމާލެ އަދި ހުޅުމާލެ ދެ ...

ބޮޑު ޖަމާއަތް މާލެއާ ވިލިމާލެ އަދި ފޭސް އެކަކާއި ދޭއްގައި، 28 މިސްިތެއްގައި އީދު ކުރާނެ
15 Mar 2026 ހަބަރު

ބޮޑު ޖަމާއަތް މާލެއާ ވިލިމާލެ އަދި ފޭސް އެކަކާއި ދޭއްގައި، 28 މިސްިތެއްގައި އީދު ކުރާނެ

މާލެސިޓީގައި ފިތުރު އީދު ނަމާދު ހަތަރު މައިދާނެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އެގޮތުން މާލެއާ ވިލިމާލެ އަދި ހުޅުމާލެ ދެ ފޭސް ގައިވެސް ބޮޑު ޖަމާއަތުގަ...