އަބްދުރަހީމް މިފަހަރުވެސް ހިސާބުން ވީ ފެއިލް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕްރޮގްރަސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އަހަރީ ދުވަހާ ގުޅިގެން އަބްދުރަހީމް ޖެހި ހިސާބު ގޯސްވެއްޖެއެވެ.
ރާއްޖޭގެ މިހާރު އޮތް އެންމެ ބޮޑު ޕާޓީ، ޕީޕީއެމް މިއަދު ފާހަގަ ކުރަނީ އެ ޕާޓީގެ ހަތްވަނަ އަހަރީ ދުވަހެވެ. ޕީޕީއެމް ރަޖިސްޓްރީ ކުރެވިފައިވަނީ 27 އޮކްޓޯބަރ 2011 ގައެވެ. އެހެންކަމުން މިއީ އެޕާޓީގެ 7 ވަނަ އަހަރީ ދުވަހެވެ.

ޕީޕީއެމްގެ ނައިބް ރައީސް ކަންވެސް ކުރައްވަމުން އަންނަ އަބްދުރަހީމް ކުރެއްވި ޓުވީޓުގައި ވަނީ ޕީޕީއެމް ގެ 8 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އާއި ޕާޓީގެ ލޮބުވެތި އެންމެހައި މެންބަރުނަށް ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާކަމަށެވެ.

މި ޓުވީޓާއެކު ސޯޝަލް މީޑިއާ ގައި އަބްދުރަހީމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެގެންދިޔައެވެ. އެއާއެކު އޭނާ ޓުވީޓުގެ ދިފާއުގައި ޕީޕީއެމް އަށް 8 އަހަރު ފުރުނު ގޮތް ކިޔާދިނުމުން އިތުރަށް އަބްދުރަހީމް ގެ ހިސާބު ގޯސް ވީއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގް ކެމްޕެއިންގައި ވެސް އަބްދުރަހީމް ވަނީ ހިސާބު އަދަދު ތައް ނުބައިކޮށް ޖައްސަވާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.
https://www.facebook.com/saalim.ahmed.9404/videos/329802497789291/
އެގޮތުން 18 ސެޕްޓެންބަރ 2018 ގައި ބޭއްވުނު ޖަލްސާގައި އަބްދުރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ޔުނިވާސިޓީއަށް ނުދިޔަސް 50 އާއި ހަތަރެއް ގުނަކުރީމައި ދެލައްކަ ވާނެކަން އެންމެނަށް އެނގޭނެކަމަސް ވިދާޅުވެފައެވެ. ނަމަވެސް 50 ގުނަ 4 ވާނީ 200 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް