މި މީހާ ގޭގެ ކުލި ނުދައްކައި އުޅޭތާ 22 އަހަރު!
ބްރެޒިލްގެ ރިއޯ ޑި ޖެނޭރިއޯގެ މީހަކު 22 އަހަރު ވަންދެން ގޭގެ ކުލި ނުދައްކައި އުޅެފިއެވެ.
ރިއޯގެ އެންމެ އަގުބޮޑު އެއް ސަރަހައްދުގައި ކުއްޔެއް ނުދައްކައި މި މީހާ ދިރިއުޅުނީ ވެލިން ގެޔެއް ހަދައިގެންނެވެ.
މީޑިޔާ ތަކާއި ވާހަކަދައްކަމުން އޭނާ ބުނީ އޭނާގެ ގެ ވެލިން ހަދަން ނިންމީ، އެ ސަރަހައްދުގެ ގޮނޑުދޮށުން ހިލޭ ލިބޭ އެއްޗަކަށްވެފައި، ވެލިން ގެ ހެދުމަކީ އޭނާ ޝައުގުވެރިވާ ކަމަކަށް ވާތީކަމަށެވެ.
މި ގެ ވެލިން ހަދާފައިވިޔަސް، ގޭތެރޭގައި އޭނާ ދިރިއުޅޭ ކުޑަ ކޮޓަރި ހަދާފައިވަނީ ލަކުޑި ބޭނުންކޮށްގެންނެވެ.
އޭނާ ބުނިގޮތުގައި ބައެއް ފަހަރު މިގެ ތޫފާންތަކުގެ ސަބަބުން ރޫޅުނުކަމުގައިވިޔަސް، އެގެ އަލުން ހެދުމަކީ އޭނާ ގަޔާވާ ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް