N/A
N/A
ހަބަރު 07 Oct 2018 | 15:23

ހުޅުމާލެ އިން ދޫކުރަން މިއަދު އިއުލާންކުރި 400 ގޯތި ވިއްކުން އެސީސީއިން ހުއްޓުވައިފި

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

މިއަދު އިއުލާން ކުރެވިގެންދިޔަ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމުގެ މަސައްކަތް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ހައުސިން މިނިސްޓްރީއަށް މިއަދު ސިޓީއަކުން އަންގައިފި އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ސޮއި ކުރައްވައި މިއަދު ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހުޅުމާލެއިން ގޯތި ވިއްކަން ހުޅުވާލި ކަންތަކުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތަކެއް ހުރިކަމަށް ބެލެވޭތީ އެ މައްސަލަ ބަލައި ނިންމައި ވަކި އެއްޗެއް އަންގަންދެން ގޯތި ވިއްކުން މަޑުޖައްސާލަން އަންގާ ކަމަށެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވެސް މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، އެކަން ނުކުރުމަށް މީގެ ކުރިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް އަންގާފައިވާނެ ކަމަށާއި އެކަން ހުއްޓުވަން ނިންމާފައިވަނީ ސަރުކާރު ޓްރާންސިޝަން މަރުހަލާގައި އޮތުމުން ނޫން ކަމަށެވެ. އެކަން ހުއްޓުވަން އެކޮމިޝަނުން ނިންމާފައިވަނީ އެކަށީގެން ނުވާ ކުޑަ އަގެއްގައި ބިން ވިއްކުމަށް ނިންމާފައިވާތީ ކަމަށް ހަސަން ލުތުފީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ ވިއްކަން ހުށަހަޅާފައިވާ އަގާއި އެހެން އެއްޗިއްސަށް ބަލާއިރުގައި، ވިއްކަން ހުށަހަޅާފައިވާ އަގަކީ އެތަން ހިއްކަން ހިނގި ހަރަދުވެސް ނުލިބޭ، ނުއަގެއްގައި، އެގޮތަށް އެކަން ކުރާތީ ހުއްޓާލަން އަންގަނީ" ލުތުފީ ވިދާޅުވިއެވެ.

ހުޅުމާލެއިން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރަނީ، 400،000 ރުފިޔާއަށް ބިމެކެވެ. އަދި ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށް ފަހު ބަކީ ފައިސާ 10 އަހަރު ތެރޭ ކޮންމެ މަހަކު ދައްކާ ހަލާސް ކުރާ ގޮތަށެވެ. އޭސީސީ އިން މިކަން ހުއްޓުވުމަށް އަންގާފައިވީނަމަ މިއަދު ހަވީރު 4:00 އިން ފެށިގެން ފޯމު ދޫކުރަންވަނީ ފަށާފައެވެ.

ލުތުފީ ވިދާޅުވީ، އެޗްޑީސީއަކީ ދައުލަތުުގެ އެސެޓެއް ކަމަށާއި ހައުސިން މިނިސްޓްރީއަކަށް އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ތަނެއް ވިއްކުމުގެ ބާރު ލިބިގެން ނުވާނެ ކަަމަށެވެ.

މިކަމާ ގުޅިގެން އިންތިހާބީ ރައީސް އަބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ޓްރާންސިޝަން ޓީމުން މިއަދު ވަނީ ހަސަން ލުތުފީއާ ބައްދަލު ކުރައްވާފައެވެ. އެ ޓީމުގައި އިސްކޮށް ހުންނެވީ އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މީޑިއާއާ ބައްދަަލުކުރައްވައި އަސްލަމް ވިދާޅުވީ، ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަންކަމަށާއި އެތަންތަން ވިއްކުމާއި ތަރައްގީ ކުރުމަކީ އެޗްޑީސީގެ ޒިންމާއެއް ކަމަށެވެ. އަދި ބިންތައް ވިއްކަން ސަރުކާރުން މަސައްކަތް ކުރުމުން އެޗްޑީސީގެ ބޯޑުން ވަނީި އެބިންތައް ނުވިއްކަން ނިންމާފައި ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

"އެއްވެސް އާކަމެއް ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ކުރިއަށް ނުގެންދިއުމަށް ނިންމާފައިވަނީ، އެޗްޑީސީގެ ޗެއާމަން ވަނީ އެކަން ނުކުރަން ނިންމާފައިވާކަން ކޮންފާމް ކޮށްދެއްވާފަ، އެޗްޑީސީ ތެރެއިން ނުވީމަ، ހައުސިން މިނިސްޓަރު މުއިއްޒު ބޭނުންވާ ބަޔަކަށް ބިންތައް ދިނުމަށް ކުރެއްވި ކަމެއް ކަމަށް ބެލެވެނީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ދައުލަތުގެ ބިން ވަކި ފަރާތަކަށް މަންފާވާނެ ގޮތަކަށް ޓްރާންސްޕޭރެންޓް ޕްރޯސެސްއެއްނެތި، ދައުލަތުގެ އުސޫލުތަކާއި ހިލާފަށް ދޫކުރުމަކީ ވަރަށް ކަންބޮޑުުވާ ކަމެއް ކަމަށެވެ. އޭސީސީއާ ބައްދަލު ކުރެއްވީ، މި މަރުހަލާގައި އެކަން ހުއްޓުވަން މަސައްކަތް ކުރެވޭނެ އެއްފަރާތަކީ އޭސީސީއަށް ވާތީ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...