ގދ.ގައްދޫ
ގދ.ގައްދޫ
ކުޅިވަރު 18 Jan 2023 | 19:46

ގައްދޫގައި މަލްޓި ޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރަނީ!

އިންޑިއާ ސަރުކާރުގެ އެހީގައި ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް އެގައުމާއެކު ދިވެހި ސަރުކާރުން އެއްބަސްވެއްޖެއެވެ. ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ގައްދޫގައި ގާއިމު ކުރެވޭ ސްޕޯޓްސް ކޮމްޕްލެކްސް ޕްރޮޖެކްޓަކީ ބެޑްމިންޓަން، ނެޓްބޯޅަ، ވޮލީ، ކެރަމް އަދި ބިލިއާޑް ފަދަ ކުޅިވަރުތަކަށް ބޭނުންވާ މަލްޓި ޕާޕަސް ސްޕޯޓްސް ފެސިލިޓީއެކެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނ.މަނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޑރ. ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމުގައި ތަރައްގީކުރަން ނިންމާފައިވާ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ  ވަޑައިގަތުމަށެވެ. މީގެއިތުރުން، މި ދަތުރުފުޅުގައި، އިންޑިއާ ސަރުކާރުގެ އެހީގައި ށ.ފޯކައިދޫގައި ޤާއިމް ކޮށްފައިވާ ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ޅ. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި ކޯލްޑް ސްޓޯރޭޖްއެއް ތަރައްގީ ކުރުމާއި ގއ. ގެމަނަފުށީގައި އައިސް ޕްލާންޓެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިރޭ ހދ. ހަނިމާދޫގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖައިޝަންކަރު އެންމެ ފަހުން ރާއްޖެ ވަޑައިގަތީ މިދިޔަ އަހަރުގެ މާޗް މަހުއެވެ. އެ ފަހަރު އޭނާ ވަނީ އައްޑޫގައި އިންޑިއާ އިން ހެދި ޕޮލިސް އެކަޑަމީ ހުޅުއްވައި ދެއްވައިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް