ވިލާމާލެއަށް ގެނައި މިނީ ބަސްތައް: ފޮޓޯ/ އެމްޓީސީސީ
ވިލާމާލެއަށް ގެނައި މިނީ ބަސްތައް: ފޮޓޯ/ އެމްޓީސީސީ
ވިޔަފާރި 19 Jan 2023 | 05:23

ވިލިމާލެއަށް އެމްޓީސީސީގެ ތިމާވެއްޓާ ރަށްޓެހި މިނީބަސް ތައް ގެންގޮސްފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތް ވިލިމާލޭގައި ފެށުމަށް ބޭނުންވާ ތިމާވެއްޓާއި ރަށްޓެހި މިނީ ބަސްތައް ވިލިމާލެއަށް ގެންގޮސްފި އެވެ.

އެމްޓީސީސީން މިއަދު ބުނީ، ވިލިމާލޭގައި ބޭނުން ކުރަން ކަރަންޓު ބަސްތަކެއް އެތެރެކޮށްފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ، ވިލިމާލޭގައި އެ ކުންފުނިން ފޯރުކޮށްދޭ ބަހުގެ ޚިދުމަތުގައި ބޭނުންކުރާނީ ތިމާވަށްޓާއި ރައްޓެހި 6 (އިލެކްޓްރޮނިކް ވެހިކަލް) އީވީ ބަސް ކަމަށެވެ. މި ބަސްތަކުގައި 11 މީހުންނަށް އިށީންދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެ ކަމަށާ، އަދި 4 މީހުން ނަށް ކޮޅަށްތިބެވޭ ނެ ޖާގަވެސް އޮންނާނެ ކަމަށެވެ. ވީމާ، ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ މި އީވީ ބަސްތަކުގައި ހުންނާނެއެވެ.

އެމްޓީސީސީން ބުނީ، މި ހިނގާ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުމަށްް އުއްމީދު ކުރާ ކަމަށެވެ. އަދި އާރް.ޓީ.އެލް ވިލިމާލެ ބަހުގެ ޚިދުމަތާއި ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މަޢުލޫމާތު އެ ކުންފުނިން ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަގުހެދުމުގެ މަސައްކަތް ކުރިއަށްދާތީ ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
23 Sep 2026 ހަބަރު

މަގުހެދުމުގެ މަސައްކަތް ކުރިއަށްދާތީ ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް

މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަ...

ޖަނަވަރީގެ ކުރީން މުޅި ރާއްޖޭގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން ނިންމައިފި
29 Jun 2026 ހަބަރު

ޖަނަވަރީގެ ކުރީން މުޅި ރާއްޖޭގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން ނިންމައިފި

އަންނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރް.ޓީ.އެލް ވިއުގަ ގާއިމުކުރައްވައި، އެ ޚިދުމަތް ފެއްޓެވުމަށްޓަކައި ކުރައްވަންޖެހޭ އެންމެހާ ކަންކަން، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރެ...

އާރްޓީއެލް ފެރީގެ ޚިދުމަތް ރައްޔިތުން ބޭނުންވާ ފެންވަރަށް ގެނެސްދޭނަން: ރައީސް މުޢިއްޒު
29 Jun 2026 ހަބަރު

އާރްޓީއެލް ފެރީގެ ޚިދުމަތް ރައްޔިތުން ބޭނުންވާ ފެންވަރަށް ގެނެސްދޭނަން: ރައީސް މުޢިއްޒު

އާރްޓީއެލް ފެރީގެ ޚިދުމަތަކީ ރައްޔިތުން ބޭނުންވާ ފެންވަރުގައި ދެވޭ ހިތްފަސޭހަ ޚިދުމަތަކަށް ހެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅ...

ފަނަރަ ވަނަ އަތޮޅެއްގެ ގޮތުގައި ލާމުގައި އާރުޓީއެލް ފަށައިފި
31 Mar 2026 ހަބަރު

ފަނަރަ ވަނަ އަތޮޅެއްގެ ގޮތުގައި ލާމުގައި އާރުޓީއެލް ފަށައިފި

ފަނަރަ ވަނަ އަތޮޅެއްގެ ގޮތުގައި ލާމު އަތޮޅުގައި އާރުޓީއެލް ފަށައިފި އެވެ. އެ އަތޮޅުގައި މިއަދު ވަނީ ރަސްމީކޮށް އެ ހިދުމަތް ފަށާފަ އެވެ. އެމްޓީސީސީން ބުނީ ދެ ފެރީ ލޯންޗާއެކު ލާމުގައި އާރުޓީއެލްގެ ހިދުމ...

މާޗް ނިމުމުގެ ކުރީން މީމާއި ލާމުގައި އާރުޓީއެލް ފެރީ ފަށަނީ
04 Mar 2026 ހަބަރު

މާޗް ނިމުމުގެ ކުރީން މީމާއި ލާމުގައި އާރުޓީއެލް ފެރީ ފަށަނީ

ރާއްޖެ ޓްރާސްޕޯޓް ލިންކު (އާރުޓީއެލް) ފެރީގެ ހިދުމަތް މ އަތޮޅާއި ލ އަތޮޅުގައި ފެށުމުގެ ތައްޔާރީތައް ކުރަމުންދާ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ. މިއަދު އޮތް ނޫސްވެރީންގ...

ދުވާފަރާއި އުނގޫފާރާއި ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ
04 Feb 2026 ހަބަރު

ދުވާފަރާއި އުނގޫފާރާއި ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ

ރ. އަތޮޅު އުނގޫފާރާއި ދުވާފަރާ ދެމެދު އާރްޓީއެލްގެ ސީދާ ދަތުރުތައް ފެށުމަށް އައު ފެރީއެއް އިތުރުކޮށްފިއެވެ. އެމްޓީސީން މައުލޫމާތުދޭގޮތުގައި ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައިން ގުޅާލުމަށް ފަރުމާކޮ...