ފަނަރަ ވަނަ އަތޮޅެއްގެ ގޮތުގައި ލާމުގައި އާރުޓީއެލް ފަށައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފަނަރަ ވަނަ އަތޮޅެއްގެ ގޮތުގައި ލާމު އަތޮޅުގައި އާރުޓީއެލް ފަށައިފި އެވެ.
އެ އަތޮޅުގައި މިއަދު ވަނީ ރަސްމީކޮށް އެ ހިދުމަތް ފަށާފަ އެވެ. އެމްޓީސީސީން ބުނީ ދެ ފެރީ ލޯންޗާއެކު ލާމުގައި އާރުޓީއެލްގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.
ދެން އެ ހިދުމަތް ފަށާނީ މ އަތޮޅުގަ އެވެ. ލާމު އަތޮޅުގައި ވެސް ފުރަތަމަ އޮންނާނީ ތަޖުރިބާގެ ދަތުރުތަކެވެ. އެއީ ފުރަތަމަ ހަފްތާ އަށެވެ. އޭގެ ފަހު އަގު ނަގައިގެން ހިދުމަތް ދޭން ފަށާނެ އެވެ.
ސަރުކާރުގެ އަމާޒަކީ ޖޫން މަހުގެ ނިޔަލަށް މުޅި ރާއްޖޭގައި މި ހިދުމަތް ފެށުމެވެ. އެ އަމާޒަށް ވާސިލުވެވޭނެ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް