'ކަނޑު ފޯރި' ޗެންޕިއަން ޓީމް، ޓީމް ބަނޫން: ފޮޓޯ/ ވޮއިސް
'ކަނޑު ފޯރި' ޗެންޕިއަން ޓީމް، ޓީމް ބަނޫން: ފޮޓޯ/ ވޮއިސް
ކުޅިވަރު 19 Feb 2023 | 06:06

ސޮނީ ފިޝިން 'ކަނޑު ފޯރި' ގެ ޗެންޕިއަންކަން 'ޓީމް ބަނޫން' އަށް

ސޮނީ ފިޝިންގެ "ކަނޑު ފޯރި" މަސް ރޭހުގެ އެންމެ ގިނަ ޕޮއިން ހޯދައިގެން ޗެންޕިއަން ޓީމަކަށް "ބަނޫން" ހޮވިއްޖެ އެވެ.

ޖުމުލަ 106 ބައިވެރިންނާއި، މާލޭގެ 5 ސްޕޯޓްސް މަސްދޯންޏާއި އަތޮޅު ތެރޭގެ 30 ދޯންޏާއި އެކު އިއްޔެ ހެނދުނު 6:00 ގައި ފެށި މި މަސް ރޭސް އެއްކޮަށް ނިންމާލާފައިވަނީ އިރުއޮއްސި 7 ޖެހިއިރުއެވެ.

ކަނޑު ފޯރި ގައި ބައިވެރިވި ޓީމް ތައް: ފޮޓޯ/ ވޮއިސް 

ތަފާތު ގޮތަކަށް ކުރިއަށް ގެންދިޔަ މި މަސްރޭހުގައި، ބާނާ ވަކި ވައްތަރެއްގެ މަހަކަށް ޕޮއިންޓު ދީފައިވާއިރު، ބޭނުމަށްފަހު ދޫކޮށްލަންޖެހޭ ކަހަލަ މަހެއް ދޫކޮށްލައިފިނަމަ ވެސް ޕޮއިންޓް ދީފައިވެއެވެ.

ކަނޑު ފޯރި ގެ ތިންވަނަ ޓީމް: ފޮޓޯ/ވޮއިސް 

މަސްރޭހުން ވަނަ ވަނައަށް އައި ޓީމުތަކަށް އިނާމް ދީފައިވަނީ އެކަމަށް ޚާއްސަކޮށް ރޭ 8:00ގައި އުސްފަސްގަނޑުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެގޮތުން މުބާރާތުން އެއްވަނަ ޓީމެއްގެ ގޮތުގައި ހޮވުނު ޓީމް ބަނޫން އަށް 15,000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވާއިރު، ދެވަނަ ޓީމް ކެޕްޓަން ބޯޓް ކްލަބް އަށްވަނީ 10,000 ރުފިޔާގެ ފައިސާގެ އިނާމް ދީފައެވެ. އަދި ތިންވަނަ ޓީމް، ޓްރައިޓޮން ފިޝިންގ އަށް 5000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ދީފައެވެ. މިއިން ކޮންމެ ޓީމަކަށްވެސް ސޮނީ ފިޝިންގ ގެ ގިފްޓް ވައުޗަރެއް ވަނީ ހަވާލު ކޮށްފައެވެ.

ކަނޑު ފޯރި ގެ ދެވަނަ ޓީމް: ފޮޓޯ/ ވޮއިސް 

މި ރަސްމިއްޔާތުގައި ސޮނީ ފިޝިންއާއި ޔުނިކްސް ސްޕޯޓްސް ގުޅިގެން ހަދާފައިވާ "ކަނޑު ފޯރި" ވާޗުއަލް ފިޝިން އެޕް ވެސް ވަނީ ލޯންޗު ކޮށްފައެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތުގައި ވަނަ ވަނަ އަށް ފަރާތްތަކަށްވެސް އިނާމު ދީފައިވާއިރު، މުބާރާތުގައި ސްޕޯޓްސް ފިޝިން ކެޓަގަރީއިން އެއްވަނަ ލިބުނު ފަރާތަށް 15000 ރުފިޔާގެ ފައިސާގެ އިނާމާއި 10000 ރުފިޔާގެ ގިފްޓު ވައުޗާއެއް ދީފައިވެއެވެ.

'ކަނޑު ފޯރި' ގެ އިތުރު މުބާރާތެއް ކުރިއަށް އޮތް ފިތުރު ޢީދު ދުވަހުވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށެވެ. އަދި ބޮޑު މުބާރާތް މިއަހަރުގެ އޮކްޓޯބަރު ނުވަތަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް