ޗެލްސީ އާއި އެވަޓަން ވާދަކުރި މެޗުގެ ތެރެއިިން
ޗެލްސީ އާއި އެވަޓަން ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 18 Mar 2023 | 21:53

ޗެންޕިއަންސް ލީގުގެ ފޯމު، ލީގުގައި ޗެލްސީއަށް ދެއްކޭގޮތެއްނުވި!

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އެވަޓަންއާއި ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ޗެލްސީއަށް އިތުރު މަޔޫސްކަމެއް ކުރިމަތިވެއްޖެއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ޗެލްސީގެ ފަރާތުން ރަގަޅު ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރަގަޅު ފުރުސަތުތަކެއް އެޓީމުން ތަނަވަސްކުރި އެވެ.

މިރޭގެ މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ. މި ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ފެލިކްސް އެވެ.

ޗެލްސީގެ ދެވަަނަ ލަނޑު ކައި ހާވަޓްޒް ކާމިޔާބު ކޮށްދެނީ

ޗެލްސީ އިން ލީޑު ނެގިތާ މާގިނައިރެއްނުވެ އެވަޓަންއިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މި ލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މާލީ މިޑްފީލްޑަރު އަބުދުލަޔޭ ޑޫކޫރޭ އެވެ.

ޗެލްސީ އިން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަަނަ ހާފުގެ 76 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނުގެ ފޯވަޑް ކައި ހާވަޓްޒް އެވެ. މިއީ އެވަޓަންގެ ޕެނަލްޓީ އޭރިއާތެރެއިން އެޓީމުގެ ކުޅުންތެރިއެއް ޗެލްސީގެ ޑިފެންޑަރު ޖޭމްސް އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެކެވެ.

2-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވާން ދަނިކޮށް ދެވަަނަ ހާފްގެ 89 ވަނަ މިނެޓުގައި އެވަޓަން އިން ލަނޑެއް ކާމިޔާބުކޮށް ދެވަަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ  އިގިރޭސި މިޑްފީލްޑަރު އެލިސް ސިމްސް އެވެ.

މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު 27 މެޗުން ޗެލްސީއަށް ލިބިފައިވަނީ 38 ޕޮއިންޓެވެ. އަދި ލީގު ތާވަލުގައި އެޓީމު އޮތީ 10 ވަނައިގައެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެވަޓަންއަށް 28 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. އަދި މި ނަތީޖާއާއެކު އެޓީމު ވަނީ ތާވަލުގެ 15 ވަނައަށް ކުރިއަށް ޖެހިލައިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް