ފިތުރު ޢީދުގެ ތައްޔާރީތަކުގެ ތެރެއިިން
ފިތުރު ޢީދުގެ ތައްޔާރީތަކުގެ ތެރެއިިން
ކުޅިވަރު 19 Apr 2023 | 11:23

މާވަށު ކައުންސިލްގެ ފަރާތުން ފިތުރު ޢީދު ބަންދުގައި ހާއްސަ ހަރަކާތްތަކެއް!

މިއަހަރުގެ ފިތުރު ޢީދު ބަންދުގައި މާވަށު ކައުންސިލްގެ ފަރާތުން އެރަށުގައި ކުޅިވަރު ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވޮއިސް އެމްވީ އަށް މައުލޫމާތު ދެއްވަމުން މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ ވިދާޅުވީ ކޮންމެ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ފިތުރު ޢީދު ބަންދުގައި މާވަށުގައި ގިނަ ހަރަކާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން އެންމެ ފުރަތަަމަ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވާ އިރު، ނަމާދަށް ފަހު މުޅި ރަށަށް ހުޅުވާލައިގެން ހެނދުނުގެ ހާއްސަ ސައެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނީ މާވަށު ފުޓްސަލް ދަނޑުގައި އަދި ސައިގެ ކަންތައްތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުޓްސަލް ދަނޑުހިމެނޭ ސަރަހައްދުގައެވެ.

މީގެ އިތުރުން އީދު ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިރިހެން ފުޓްސަލް މުބާރާތުގެ އިތުރުން އަންހެން ވޮލީބޯޅަ މުބާރާތުގެ ފެއްޓުމުގެ ރަސްމިއްޔާތު އީދު ދުވަހު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރަސްމިއްޔާތުގައި ސްކޫލް ކުދިންގެ ފުޓްސަލް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ކައުންސިލްގެ ރައީސް އަހުމަދު މޫސާ ވިދާޅުވީ ފުޓްސަލް މުބާރާތުގައި 8 ޓީމު ބައިވެރިވެފައިވާއިރު، ވޮލީބޯޅަ މުބާރާތުގައި ބައިވެރިވެފައިވަނީ ތިން ޓީމު ކަމަށެވެ.

އެޕްރިލް 21-27 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުޓްސަލް މުބާރާތުގައި ބައިވެރިވި 8 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނައަށް ސެމީ ފައިނަލަށް ހޮވޭ އިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭ އެވެ.

މިފަހަރުގެ ފުޓްސަލް މުބާރާތް ހުޅުވާލެވިފައިވަނީ މިރަށުގެ ޒުވާނުން ހާއްސަކޮށްގެން، ކުރިން މިރަށުގައި ބާއްވާ މުބާރާތުގައި ރަށުން ބޭރުގެ ކުޅުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު އޮވޭ، ނަމަވެސް އޭގެ ސަބަބުން މިރަށުގެ ވަރަށް ގިނަ ޒުވާނުންނަށް ކުޅުމުގެ ފުރުސަތު ގެއްލިގެންދޭ.. އެހެންވެ މިފަހަރު މި ބަދަލު މިގެނެއީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އަންހެން ވޮލީބޯޅަ މުބާރާތް ފެއްޓުމަށް ހަމަޖެހިފައިވަނީ ފުޓްސަލް މުބާރާތް ނިމުމުން މެވެ. ވޮލީ މުބާރާތުގައި ތިން ޓީމު ބައިވެރިވެފައިވާ އިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމުގެ މެދުގައި ފައިނަލް ކުޅޭ ގޮތަށެވެ.

އިތުރަށް ވާހަކަދައްކަމުން ކައުންސިލްގެ ރައީސް ވިދާޅުވީ އިދު ޗުއްޓީގައި މިފަދަ ހަރަކާތްތަކެއް ބޭއްވުމުގެ މަގުސަދަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް އެންމެ ގުޅިގެން އީދުގެ އުފާ ފާޅުކުރުމަށެވެ.

އަޅުގަނޑު ބޭނުން ރަށުގެ ޒުވާނުންނާއި މުއްސަސާތަކާއި ހާއްސަކޮށް ކައުންސިލްގެ ހުރިހާ މުވައްޒަފުން ގުޅިގެން، މިއިވެންޓު ކާމިޔާބު ކަމާއެކީ ކުރިއަށް ގެންދިއުމަށް ކުރަމުން އަންނަ ބުރަ މަސައްކަތްތައް ފާހަގަކޮށް މި ފުރުސަތެއްގައި އެހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް