ޖޯލި މޯލްޑިވްސް އާއި ކޯރާކޯރާ މޯލްޑިވްސް ވާދަކުރި މެޗުގެ ތެރެއިިން
ޖޯލި މޯލްޑިވްސް އާއި ކޯރާކޯރާ މޯލްޑިވްސް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 18 May 2023 | 20:42

އާރުޑީސީ އެމްޖޭއެސް ރާބަދި ޗެލެންޖް 2023: ޖޯލި މޯލްޑިވްސް ބަލިކޮށް ކޯރާކޯރާ ސެމީއަށް!

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023" ގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި 4-1 ގެ ނަތީޖާއަކުން ޖޯލި މޯލްޑިވްސް ބަލިކޮށް ކޯރާކޯރާ މޯލްޑިވްސް އިން ސެމީގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ދެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ކުޅެވުނު މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ކޯރާކޯރާ މޯލްޑިވްސް އިންނެވެ.

މިލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އާދަމް ތައުފީގެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ކޯރާކޯރާ މޯލްޑިވްސް ކުރީގައި އޮވެގެންނެވެ.

ދެވަަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ކޯރާކޯރާ މޯލްޑިވްސްގެ ލީޑު ފުޅާކޮށްދިނީ ވެސް އެޓީމުގެ ކެޕްޓަން އާދަމް ތައުފީގެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައި އާދަމް ތައުފީގް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އަޖުވަދު އެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ޖޯލި މޯލްޑިވްސް މުހައްމަދު ޖުމާން ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނެވެ.

މި މެޗުގައި ކޯރާކޯރާ މޯލްޑިވްސް އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗު ނިމެން ދަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އަޖުވަދު އެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކޯރާކޯރާ މޯލްޑިވްސް ގެ ކެޕްޓަން އާދަމް ތައުފީގެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް