5 އަހަރުތެރޭ 5 މިލިއަން ގެދޮރު ބިނާ ކުރުމުގެ ޕޮލިސީއެއް ޕާކިސްތާނުގެ ބޮޑު ވަޒީރު ލޯންޗުކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
5 އަހަރުތެރޭ 5 މިލިއަން ގެދޮރު ބިނާ ކުރުމުގެ ޕޮލިސީއެއް ލޯންޗު ކުރިކަން ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން އިއުލާނު ކުރައްވައިފިއެވެ.
'ނަޔާ ޕާކިސްތާން' ގެ ނަމުން ނަން ދެވިފައިވާ މި ޕްރޮޖެކްޓުގެ ދަށުން ގެދޮރުއަތް ލިބެން ހުންނާނީ އަތް ފޯރާ ފަށުގައި ކަމަށާއި މި ގެދޮރުތައް ލިބޭނީ ބޯހިޔާވަހިކަމުގެ ދަކިތަން އިހުސާސް ކުރަމުންދާ ފަރާތްތަކަށް ކަމަށްވެސް އިމްރާން ހާން ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ހާމަ ކުރެއްވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ގެދޮރު އިމާރާތް ކުރުމުގައި ހަރަކާތްތެރިވާ 40 އިންޑަސްޓްރީ އެއްގައި ޑިމާންޑު އުފައްދާ އޭގެ ސަބަބުން ގައުމަށް ފޮރިން ޑިރެކްޓް އިންވެސްޓްމެންޓްތައް ގެނައުން ކަމަށެވެ.
މި އުންމީދީ ޕްރޮޖެކްޓްގެ ސަބަބުން 6 މިލިއަން ވަޒީފާ އުފެދިގެން ދާނެކަމަށް ގަބޫލު ކުރެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް