ހދ. އަތޮޅުން ގދ. އަތޮޅަށް ބޯކޮށް ވާރޭވެހޭނޭކަމަށް ލަފާކޮށް ހުދު ސަމާލް ނެރެފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ހދ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ނެރުނު މޫސުމާ ބެހޭ އެލާޓްގައި ބުނެފައިވަނީ، ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ސަރަހައްދަށް މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭކަމަށެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި، މިއަދު މެންދުރު 14:00 އިން ފެށިގެން 20:00 އަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ނިމިގެންދިޔަ ހަފުތާގައި ހުޅުމާލެ އަށް ކުރި ވިއްސާރާގައި ވަނީ އެ ސިޓީއަށް ހޮނު އަޅައި ގޭ ތަކުން ކަރަންޓު ކެނޑި އަދި އިމާރާތަކަށް ވެސް ގެއްލުން ލިބިފައެވެ.
މީގެ އިތުރުން، ރާއްޖެއަށް ހުޅަނގު މޫސުން މިހާރު ފެށި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ ކުރަމުންދާއިރު، އެޗްޕީއޭއިން ވަނީ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް