ބްރިޖު ކައިރީގައި ހުރި ފުލުހެއްގެ ގައިގައި ކާރަކުން ޖެހިއްޖެ
މިއަދު ހަވީރު ސިނަމާލެ ބްރިޖު ކައިރީގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގައިފައިވަނީ އެއަރޕޯޓުން ބްރިޖް ހައިވޭއަށް އެރި ޓެކްސީއެއް، ޓްރެފިކް ފުލުހުގެ ގައިގައި ޖެހިގެންނެވެ.
މި އެކްސިޑެންޓްގެ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މި ހާދިސާއާ ގުޅިގެން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަޙްމަދު ޝިފާން ވިދާޅުވީ، ފުލުސް އޮފިސަރުގެ ޙާލު ރަނގަޅުކަމަށެވެ. އަދި ކާރު ދުއްވި ފަރާތް ހައްޔަރުކޮށް މައްސަލަ ތަޙްޤީގު ކުރަމުންދާކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް