ގަލޮޅު ކަންމަތީގައި އޮތް ވޭނުުން އިވުނީ ނުރައްކާތެރި ގޮވުމެއްގެ އަޑެއްނޫން: ފުލުހުން
މާލޭ ގަލޮޅު ކަންމަތީ ކައިރީގައި އޮތް ވޭނަކުން އިވުނީ ނުރައްކާތެރި ގޮވުމެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އެއީ ނުރައްކާތެރި ގޮވުމެއްގެ އަޑެއް ނޫންކަން އެމްއެންޑީއެފުން ފުލުހުންނަށް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
މިއަދުގެ މެންދުރުގެ ވަގުތެއްގައި، ރެހެންދި ހިނގުމުގައި އޮތް ވޭނަކުން އެއްޗެއް ގޮވައި އެ ވޭނަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އަދި މި ހާދިސާގައި މީހަކަށް އެއްވެސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވާއިރު، ފުލުހުން ބުނީ، ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި ބާރުގަދަ އަޑެއް ގޮވައިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް