N/A
N/A
ހަބަރު 25 Sep 2018 | 09:46

ސިޔާސީ ކަންކަމުން ދުރަށްވަޑައިގަންނަވަނީކަމުގެ އިޝާރާތެއް ރައީސް ޔާމީން ދެއްވައިފި

ރިޔާސީ އިންތިޚާބުގައި އިއްޔެ ރާއްޖޭގެ ރައްޔިތުން އެމީހުން ބޭނުންވާގޮތް ނިންމައިފިކަމަށާއި އެނިންމުމަށް އިޙްތިރާމް ކުރައްވައި ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގަންނަވާކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން ދެއްވައިފިއެވެ. އެމަނިކުފާނު މިގޮތަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދެއްކެވީ އިންތިޚާބުގެ ނަތީޖާއަށްފަހު ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސް އޮފީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

" ދިވެހި ރައްޔިތުންގެ ކުރިމަތީގައި މިހާތަނަށް އަޅުގަޑު މިކުރީ އިޚްލާސްތެރި މަސައްކަތް. އެކަމަކު އިއްޔެ ރައްޔިތުން އަޅުގަޑުގެ ޚިދުމަތާދޭތެރޭ ގޮތެއް ނިންމައިފި. އެހެންވީމާ އަޅުގަޑު ގަސްދުކުރަނީ އިއްޔެގެ ނަތީޖާ އަޅުގަޑު ގަބޫލުކޮށްފަ، އަނެއްކާވެސް އަޅުގަޑަށް ވެވުނުމިންވަރަކުން ރައްޔިތުންނަށް ޚިދުމަތްކުރަން" އަދިވެސް ވިދާޅުވިއެވެ.

" އަޅުގަޑު ނެތިން އެއްގޮތަކަށްވެސް އަޅުގަޑު ކަންކުރާގޮތުން ދިވެހި ރައްޔިތުންނަށް ތަކުލީފަކަށް ވާކަށް އަޅުގަޑުނެތިން. ރައްޔިތުން ރައްޔިތުންގެ ބަސްވިދާޅުވެއްޖެ. އެއަށް އަޅުގަޑު އިހްތިރާމްކުރަން. އެހެންވީމާ އަޅުގަޑު މިވަގުތު ރައްޔިތުންގެ އަރިހުން މައާފަށް އެދެމުން އަޅުގަޑު ޚިދުމަތުން ދުރަށް ޖެހިލާވާހަކަ ހުރިހާ ރައްޔިތުންނަށް ދަންނަވަން.އަޅުގަޑަށް ވޯޓްދެއްވި ހުރިހާ ރައްޔިތުންނަށް، އަޅުގަޑަށް ތާއީދުކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރުދަންނަވަން. އަދިވެސް އިރާދަކުރެއްވިޔާ އަޅުގަޑުމެން އަޅުގަޑުމެންގެ މަސައްކަތް ރައްޔިތުންނަށްޓަކާ ކުރުމަށްޓަކާ އަޅުގަޑުމެން ސާބިތުވެ ތިބޭނަން. އެހެންނަމަވެސް އަޅުގަޑު އަޅުގަޑުގެ މިޚިދުމަތުން ދުރަށް ޖެހިލަންޖެހޭކަމަށް އަޅުގަޑަށް ގަބޫލުކުރެވޭތީ އިރާދަކުރެއްވިޔާ ނޮވެމްބަރ 17 އަންނަންދެން މިގޮޑީގާ އަޅުގަޑު މަސައްކަތްކުރާނަން"

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ރައީސް ކަމުގެ މަގާމަށް ރައްޔިތުން އިންތިޚާބުކުރި އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނު ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފައިވާނެކަމަށެވެ. އެއްސަރުކަރުން އަނެއް ސަރުކާރަށް ވެރިކަން ބަދަލުކުރުމުގެ ކަންކަން ވަރަށް އަމާންކަމާއެކު ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ވާހަކަފުޅުން އިންތިޚާބުގެ ނަތީޖާއިން ވަރަށް ފުން އަސަރުކޮށްފައިވާކަން އެގެއެވެ. ވިދާޅުވީ އެމަނިކުފާނު ހީކުރެއްވީ އެތައް ޒަމާނަކުއްސުރެ ދިވެހި ރައްޔިތުން މަހްރޫމްވެފައިވާ އަސާސީ ޚިދުމަތްތަކަކީ ރައްޔިތުންގެ އެންމެ ބޮޑު ސަމާލުކަންދޭނެކަންކަން ކަމަށް ބައްލަވައިގެން އެކަންކަން ފުރިހަމަކޮށްދެއްވުމަށް އެހެން ސަރކާރަކުން ނުކުރާހާ ގިނަ ބުރަ މަސައްކަތްތަކެއްކޮށް ނަތީޖާ ނުކުމެފައިވީނަމަވެސް ރައްޔިތުންނަށް އެއީ އެންމެ ބޮޑުކަންތައް ނޫންކަމަށް އިންތިޚާބުގެ ނަތީޖާއިން އެގިގެން ހިގައްޖެކަމަށެވެ. އެހެންވީމާ ރައްޔިތުން ބޭނުންވަނީ ކޮންކަންތައްތަކެއްބާއޭ ސުވާލުކުރެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު
03 Nov 2026 ހަބަރު

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު

"އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރާން ޖެހެނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށްކަން" ނަސްރުގެ ދުވަހުގެ އިބްރަތްތައް ހަނދާންކޮށްދެއްވާ ވަޒީރު ވިދާޅުވި އެެވެ.

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް
03 Nov 2026 ހަބަރު

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ފަސް ބޭފުޅަކަށް މިރޭ އަރުވައިފި އެވެ.

ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް: ރައީސް
03 Nov 2026 ހަބަރު

ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް: ރައީސް

"ޤައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަން. ޤައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާޖައްވެރިކަން" ރައީސް ވިދާޅުވި އެވެ.

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ
03 Nov 2026 ހަބަރު

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ

ދެކުނު އޭޝިއާ ސަރަޙައްދުގެ ގަދަ 400 ޔުނިވަރސިޓީގެ ތެރޭގައި ވެސް އެމް.އެން.ޔޫ ވަނީ ޖާގަ ހޯދާފައެވެ

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި
03 Nov 2026 ހަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި

އާނު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ
03 Nov 2026 ހަބަރު

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ

އެގޮތުން މި ދައުރުގައި މިހާތަނަށް 806 ޒުވާނުން ސިފައިންގެ ވަޒީފާއަށް ނިކުމެފައިވާ ކަމުގައި ވިދާޅުވި އެވެ.

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް
03 Nov 2026 ހަބަރު

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް

މި އަހަރުގެ އަސްކަރީ ހުށައެޅުންތައް ބަލާލުމަށްވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވި އެވެ.

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް-  ޗީފް އޮފް ޑިފެންސް ފޯސް
03 Nov 2026 ހަބަރު

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް- ޗީފް އޮފް ޑިފެންސް ފޯސް

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތްތަކެއް ކޮށް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދައުރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. މިގޮތުން ޑްރޯންތަކަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ވަސީލަތެއްކަން އެމަނިކްފާނު ފާހަގަކުރެއްވިއެވެ.