މޯލްޑިވިއަނުން ޓްރެވިންޑްރަމަށް ކުރާ ދަތުރުތައް އިތުރުކުރަނީ
ގައުމީ އެއާލައިން، މޯލްޑިވިއަނުން ޓްރެވިންޑްރަމަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.
މިގޮތުން، މޯލްޑިވިއަނުން ބުނީ، މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ވެސް ރާއްޖެ އާއި ޓްރެވިންޑްރަމާ ދޭތެރޭ ދަތުރުތައް ބާއްވާނެ ކަމަށާއި، މި ފްލައިޓާ އެކު މާލެ އާއި ޓްރެވިންޑްރަމާ ދެމެދު ހަފުތާއަކު ފަސް ދަތުރު ކުރާނެ ކަމަށެވެ.
މާލެ އާއި ޓްރިވެންޑްރަމާ ދެމެދު މީގެ ކުރިން ދަތުރުކުރަމުންއައީ ހޮނިހިރު، އާދިއްތަ، ބުދަ އަދި ބުރާސްފަތިދުވަހެވެ.
ހަނިމާދޫ އެއާޕޯޓުންވެސް ކޮންމެ ހުކުރު ދުވަހަކާއި ހޯމަ ދުވަހަކު ޓްރިވެންޑްރަމަށް ދަތުރު ކުރާއިރު، މޯލްޑިވިއަނުން ބުނީ، ދަތުރުތައް އިތުރުކުރަން ނިންމީ ޓްރެވިންޑްރަމަށް އޮތް ޑިމާންޑު ބޮޑުވުމުގެ އިތުރަށް، ބޭނުން ވަގުތަކު ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ބޭނުމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް