ފަސިންޖަރުންނަށް ރަލުގެ ޚިދުމަތްދޭން އުޅޭ ކަމަށްބުނެ ފަތުރަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް: މޯލްޑިވިއަން
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މޯލްޑިވިއަންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް އަލްކޮހޯލް ސަރވިސް ނުވަތަ ބަނގުރާ ދޭން ފަށަން ރާވާފައި ވާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ މަޢުލޫމާތަކީ ޙަޤީގަތާ ހިލާފު، މަޢުލޫމާތެއް ކަމުގައި އެ ކުންފުނިން ބުނެފިއެވެ.
މޯލްޑިވިއަން އިން މިމެއި މަހު އޮސްޓްރޭލިޔާއަށް އަލަށް ފެށުމަށް ރާވާފައިވާ ދަތުރުތަކާއި ވިއްދައިގެން ބަނގުރާ ވިއްކައި ސާވް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެ މީސްމީޑިއާގައި ވަނީ ވާހަކަތަކެއް ފަތުރަންފަށާފައެވެ.
އެގޮތުން ޓްރެއިނިންއަށް ނެގި ކެބިން ކުރޫއިންނަށް އަލްކަހޯލް ސާރވްކޮށްދޭން ޖެހޭނެކަން އަންގައި، އެކަން ކުރަން ބޭނުން ނޫންކަމުގައި ވާނަމަ އަމިއްލައަށް ދުރުވެވިދާނެކަމާއި އެކަމަކު އޭރުން އިންޓަރނޭޝަނަލް ފްލައިޓް ތަކުން ފުރުޞަތު ނުލިބޭނެކަމަށް އަންގާފައިވާ ކަމަށްވެސް ވަނީ އެޕޯސްޓުގައި ބުނެފައިވެއެވެ.

މި ވާހަކަތައް ދޮގުކޮށް މޯލްޑިވިއަނުން ވަނީ ސައްހަކަން ކަށަވަރުނުކުރެވޭ މިފަދަ މަޢުލޫމާތުތައް ޙިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް