މޯލްޑިވިއަން ފްލައިޓް އޮސްޓްރޭލިއާ ދަތުރަށްފަހު... ފޮޓޯ: އެމްއޭސީއެލް
މޯލްޑިވިއަން ފްލައިޓް އޮސްޓްރޭލިއާ ދަތުރަށްފަހު... ފޮޓޯ: އެމްއޭސީއެލް
ވިޔަފާރި 19 May 2026 | 07:04

ތާރީހީ ދަތުރެއް، މޯލްޑިވިއަން އެންމެފަހުން އޮސްޓްރޭލިއާއިން ރާއްޖެއަށް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ދިވެހި ޤައުމީ އެއާލައިން މޯލްޑިވިއަނުން އެންމެފަހުން އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު އުދުހުންތައް ފަށައިފިއެވެ.

މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް އެ އެއާލައިން އޮސްޓްރޭލިއާއަށް ގޮސްފައިވަނީ، މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަނބުރާ ރާއްޖެ އައިސްފައިވަނީ މިއަދެވެ. ރާއްޖެއާ އޮސްޓްރޭލިއާ އާ ދެމެދު ދަތުރުތައް ފެށުމާ ގުޅިގެން މިއަދު ފްލައިޓުން އައި ފަސެންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ވެލާނާ އިންޓަރނެޝަނަލް އެއާޕޯޓްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ތޜިޒަމް މިނިސްޓްރީގެ އިތުރުން އެމްއޭސީއެލްގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ކުރާ މި ދަތުރުތައް ހަފްތާއަކު އެއް ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުރުތައް ފެށުމަކީ އެކަމުގެ ސަބަބުން އޮސްޓްރޭލިއާ އަދި އެނޫންވެސް މަންޒިލްތަކުން ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނޭ ކަމެއްކަމަށް އެފަރާތްތަކުން ބުނެއެވެ. އޮސްޓްރޭލިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް ގިނަދުވަސްވީ މާކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ދެމަހުގެ ތެރޭގައި އޮސްޓްރޭލިއާއިން ރާއްޖެއަށް 6,526 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މޯލްޑިވިއަނުން ދަނީ އެ އެއަރލައިނުން ދަތުރުކުރާ ބައިނަލްއަގުވާމީ މަންޒިލްތައް އިތުރު ކުރުމަށްޓަކައި ހުޅަނގުގެ ގައުމުތަކަށް ދަތުރުތައް ފެށުމަށްޓަކައި ތައްޔާރުވަމުންނެވެ. މޯލްޑިވިއަނުން މިހާރު ދަތުރުކުރާ މަންޒިލްތަކުގައި، ޗައިނާ، ބަންގްލަދޭޝް އަދި އިންޑިއާ ހިމެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޯލްޑިވިއަނުން ރާއްޖޭގެ 8 ސަރަހައްދަކަށް އެކްސްޕްރެސް ކާގޯ ހިދުމަތް ދިނުމަށް އެޖެންޓުން ހޯދަނީ
29 Aug 2026 ހަބަރު

މޯލްޑިވިއަނުން ރާއްޖޭގެ 8 ސަރަހައްދަކަށް އެކްސްޕްރެސް ކާގޯ ހިދުމަތް ދިނުމަށް އެޖެންޓުން ހޯދަނީ

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން ރާއްޖޭގެ 8 ސަރަހައްދަކަށް އެކްސްޕްރެސް ކާގޯގެ ހިދުމަތް ދިނުމަށް އެޖެންޓުން ހޯދުމަށް އިއުލާނުކޮށްފިއެވެ. އައި...

ފަތުރުވެރިން އަތުން ނަގާ ފެއާ މުރާޖަޢާކޮށް ކުޑަކުރަން ނިންމަވައިފި
18 Aug 2026 ހަބަރު

ފަތުރުވެރިން އަތުން ނަގާ ފެއާ މުރާޖަޢާކޮށް ކުޑަކުރަން ނިންމަވައިފި

ދަތުރުފަތުރުގެ ދާއިރާއިން، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ ފެއަރ މުރާޖަޢާކޮށް މި ފެއަރ ކުޑަކުރަން ވަޒީރުންގެ މަޖިލީހު...

ތާރީޚީ ދުވަހެއް؛ ގަން އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވިއަންގެ ފްލައިޓްތައް ސީދާ ޖިއްދާއަށް ދަތުރުތައް ފަށައިފި
12 Jul 2026 ހަބަރު

ތާރީޚީ ދުވަހެއް؛ ގަން އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވިއަންގެ ފްލައިޓްތައް ސީދާ ޖިއްދާއަށް ދަތުރުތައް ފަށައިފި

ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ އުމްރާ ފްލައިޓްތައް މިއަދު ފަށައިފިއެވެ. މި ތާރީޚީ ދަތުރުތައް ފަށާފައިވަނީ ގައުމ...

ފަސިންޖަރުންނަށް ރަލުގެ ޚިދުމަތްދޭން އުޅޭ ކަމަށްބުނެ ފަތުރަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް: މޯލްޑިވިއަން
04 May 2026 ހަބަރު

ފަސިންޖަރުންނަށް ރަލުގެ ޚިދުމަތްދޭން އުޅޭ ކަމަށްބުނެ ފަތުރަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް: މޯލްޑިވިއަން

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް އަލްކޮހޯލް ސަރވިސް ނުވަތަ ބަނގުރާ ދޭން ފަށަން ރާވާފައި ވާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ މަޢުލޫމާތަކީ ޙަޤީގަތާ ހިލާފު، މަޢުލޫމާތެއް ކަމުގައި...

އަންނަ މަހުގެ 17 ވަނަ ދުވަހު މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުތުރައް ފަށަނީ
15 Apr 2026 ހަބަރު

އަންނަ މަހުގެ 17 ވަނަ ދުވަހު މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުތުރައް ފަށަނީ

ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބާންއަށް މި އަންނަ މަހުގެ 17 ވަނަ ދުވަހު ދަތުރުތައް ފަށަން ނިންމާއިފިއެވެ. އައިލެންޑް އޭވިއޭޝަނުން ބުނާ ގޮތުގައި، މޭ 17 އިން ފެށިގެން ރާއ...

މޯލްޑވިއަނުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށައިފި
12 Mar 2026 ހަބަރު

މޯލްޑވިއަނުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަނުން ބަންގްލަދޭޝްގެ ދާކާއަށް މިއަދު ދަތުރުތައް ފަށައިފިއެވެ. މޯލްޑިވިއަނުން ބަންގްލަދެޝްއަށް ސީދާ ދަތުރުތައް މިއަދު ފެށިއިރު، މިއަދު ރާއްޖެއައި ދަތުރުވެރިންނ...