ކޮންގްރެސް ޑިމޮކްރެޓުންނަށް، ސެނެޓް ޓްރަމްޕްގެ ރިޕަބްލިކަނުންނަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިއްޔެ ބޭއްވިގެންދިޔަ އެމެރިކާގެ މިޑް ޓާމް ކޮންގްރެސް އަދި ސެނެޓް އިންތިހާބުގެ ނަތީޖާތަކުން، ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ ނުވަތަ ކޮންގްރެސްގައި ޑިމޮކްރަޓުން ކުރިހޯދައިފިއެވެ.
އެމެރިކާގެ މިޑް ޓާމް އިންތިހާބުން، ގާނޫނު ހަދާ މަޖިލީހުގެ ދަށު ގެއިން ޑިމޮކްރަޓުން ކާމިޔާާބު ހޯދުމަކީ ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ގޮންޖެހުންތަކެއް ކުރިމަތިވާނެކަމެކެވެ. އަދި މީގެ ސަބަބުން ޓްރަމްޕްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ތަހުގީގުތައް ހިންގުމަށް ބާރު އެޅިގެންދާނެއެވެ.
ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ މަތީގެ ނުވަތަ ކޮންގްރެސްގެ މެޖޯރިޓީ ވަނީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ހޯދާފައެވެ. ނަމަވެސް މިއީ ކުރިއެރުމަކުން ހޯދާފައިވާ ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.
މިފަހަރުގެ މިޑް ޓާމް އިލެކްޝަންގައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތަކުގެ އިތުރުން ބައެއް ސްޓޭޓްތަކުގެ ގަވަރނަރުންވެސް އިންތިހާބުކޮށްފައެވެ. މި އިންތިހާބުތަކުގައި ޓްރަމްޕްއަށް ކުރިމަތިވެފައިވާ ނާކާމިޔާބީއަކީ އޭނާ 2020 ވަނަ އަހަރު އަލުން އިންތިހާބުވުމަށް އެޅިގެންދިޔަ ހުރަހެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ފާހަގަކޮށްލެވޭ މިފަހަރުގެ އިންތިހާބުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހާއި ސްޓޭޓް ގަވަރނަރު ކަމަށް ވަނީ ގިނަ އަންހެން ކަނބަލުން ވާދަކޮށްފައެވެ. މީގެ ތެރެއިން ދެ މުސްލިމް އަންހެން ކަނބަލުން ވަނީ މަޖިލީހަށް ހޮވިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް