މާލޭގައި ދުއްވާ ވެހިކަލްތައް ލިމިޓްކުރަނީ
މާލޭގެ މަގުމަތީގައި ދުއްވާ ވެހިކަލްތަކުގެ އަދަދުތައް ލިމިޓްކުުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ޓްވިޓަރ މެދުވެރިކޮށް މިކަން ހާމަކުރައްވަމުން ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ ވެހިކަލްތައް ލިިމިޓްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ދާދި އަވަހަށް އެކަން ވާނެކަމަށެވެ. އަދި ސިޓީ ކައުންސިލްގެ އަމާޒަކީ މާލެ އަކީ ދިރިއުޅެން ފަސޭހަ ފެހި ތަނަކަށް ހެދުންކަމަށް ޝަމާއު ވިދާޅުވިއެވެ.
ވެހިކަލްތައް ލިމިޓްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލާއި، ރައީސް އޮފީހާއި ޓްރާންސްޕޯޓް އޮތޯރިޓީ އަދި ފުލުހުން ގުޅިގެންނެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުގައި އެ ރަށެއްގައި ގިނަވެގެން ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންވެ އެވެ.
މާލޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު ލިމިޓްކުރުމަކީ މަގުމަތީގައި ތޮއްޖެހުން ކުޑަކޮށް، އެކްސިޑެންޓްތައް މަދުކުރެވިދާނެގޮތެއްކަމަށް ގިނަބަޔަކު ދެކެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް