ބާސެލޯނާ އަތުން ވެލެންސިއާ ޕޮއިންޓެއް ހޯދައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ވެލެންސިއާގެ ދަނޑުގައި ބާސެލޯނާއާއި ދެކޮޅަށް އެ ޓީމުން ކުޅުނު މެޗު ނިމުނީ 1-1 ކުން އެއްވަރު ވެގެންނެވެ.
ވެލެންސިއާއިން ވަނީ މެޗުގެ 2 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ކުރިހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރ ގަރޭއެވެ. މި ލަނޑަށްފަހު ބާސެލޯނާއިން ހަމަލާ އަކަށް ފަހު ހަމަލާއެއް އުފެއްދުމުގެ ނަތީޖާއަކަށްވީ 23 ވަނަ މިނެޓުގައި މެސީ ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ވުމެވެ.
މި މެޗު އެއްވަރު ވުމުގެ ފައިދާ ނަގާ ސެވިއްޔާ ވަނީ އެޓީމް ކުޅުނު މެޗުން މޮޅުވެ ސްޕެއިން ލީގުގެ 1 ވަނަ މަގާމަށް އަރާފައެވެ. އެއީ ބާސެލޯނާއަށް ވުރެ 1 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
ފޯރިގަދަކޮށް ފެންނަ ލަލީގާގައި އެޓްލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެޓީމުން ކާމިޔާބުކޮށް ވަނީ ތާވަލުގެ 3 ވަނައަށް އަރާފައެވެ. 4 ވަނައިގަ އޮތީ ރެއާލް މެޑްރިޑެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް