ކޮންމެދުވަހަކުވެސް އެތައްބަޔަކު ފަލަސްތީނުން ޝަހީދުވޭ --- ފޮޓޯ: އަނަޑޯލު
ކޮންމެދުވަހަކުވެސް އެތައްބަޔަކު ފަލަސްތީނުން ޝަހީދުވޭ --- ފޮޓޯ: އަނަޑޯލު
ދުނިޔެ 11 Sep 2024 | 18:58

އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާއިން އިތުރު 64 މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާއިން އިތުރު 64 މީހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުދަ ދުވަހު ހާމަކުރި ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 64 ރައްޔިތުން ޝަހީދުވެފައިވެއެވެ. މިއާއެކު، ފާއިތުވި އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 41،084 އަށް އަރާފައިވެއެވެ.

ސިއްޙީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިހާތަނަށް 95،029 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އާއިލާތަކަށް އަމާޒުކޮށް ހިންގި 4 ގަތުލުއާންމެއްގައި 64 މީހުން މަރުވެ، 104 މީހުން ޒަޚަމްވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"ގިނަ އަދަދެއްގެ މީހުން އަދިވެސް ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައާއި މަގުމަތީގައި ބަންދުވެފައެވެ. ސަލާމަތްކުރާ ފަރާތްތަކަށް އެމީހުންނާ ހަމައަށް ނުދެވެއެވެ،" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވީ ނަމަވެސް، އިސްރާއީލުން ވަނީ އެކަމަށް އިޖާބަ ނުދީ ޣައްޒާއަށް އަނިޔާވެރި ހަމަލާތައް ދެމުން ގެންގޮސްފައެވެ. މިކަމާ ގުޅިގެން އިސްރާއީލަށް ވަނީ ބައިނަލްއަޤްވާމީ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައެވެ.

އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ބޮޑު ބައެއް ވަނީ ވީރާނާވެފައެވެ. އަދި ކާނާއާއި، ސާފު ފެނާއި، ބޭސްފަރުވާގެ ޚިދުމަތްތައް ވަނީ ނުލިބޭ ހާލަތަކަށް ގޮސްފައެވެ.

މި ހަނގުރާމައިގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކަކީ ނަސްލު ފޮހެލުމުގެ ޢަމަލުތަކެއް ކަމަށް ބުނެ ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުގައި އިސްރާއީލާ ދެކޮޅަށް ދަޢުވާ އުފުލިފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް