އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓްގެ މައްސަލައިގެ ތަހުގީގަށް މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނީ ފާޠިމަތު ޢަޛްރާ ނަސީމް، ހ. ސެލްވޭޝަން /ކ.މާލެ (47އ) ހޯދުމަށް އިއުލާާންކުރާ ކަމަށެވެ.
އެއީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް މީހަކު ޙާޟިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ޙާޟިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިންކަމަށް ވަނީ ބުނެފައެވެ.
އޭނާާގެ މައްޗަށްވަނީ ނޮވެމްބަރު 05 ވަނަ ދުވަހުގެ 13:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް އަންގާފައެވެ.
އަޒްރާ ހާާޒިރުކުރުމަށް މަސައްކަތްކުރަމުންދަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކުން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ނަމުގައި ޝާއިޢުކުރި ރިޕޯރޓްގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ޚިލާފު ވާހަކަދައްކާ، ޢާއްމުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައިގައި ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަޙްޤީޤަށް ސުވާލުކުރުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް