އަދީބު ހައްޔަރުކުރި ޚަބަރު ޔަގީންކުރުމަށް މިދަނީ މަސައްކަތް ކުރަމުން: އިންޑިޔާ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިޔާގެ ޓުޓިކޮރިން އިން ހައްޔަރުކުރި ޚަބަރު ޔަގީންކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.
މިއަދު ކުރިއަށްދިޔަ އެ މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވީ އަދީބު ހައްޔަރުކުރި ކަމުގެ ޚަބަރު ލިބިފައިވާ ކަމަށާއި ޓުޓިކޮރިންގެ ސަރަހައްދީ ސަރުކާރާއި ގުޅިގެން އެ ޚަބަރު ޔަގީންކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ.
އިންޑިޔާގެ މަޝްހޫރު ނޫހެއްކަމުގައިވާ ދަ ހިންދޫއިން ރިޕޯޓްކުރާ ގޮތުގައި އަދީބު ދަތުރުކުރި ޓަގްބޯޓު ހިފަހައްޓާފައިވަނީ އިންޑިޔާގެ ޓުޓިކޮރިން ކައިރިން މިއަދުގެ ވަގުތެއްގައެވެ.
އެ ބޯޓު ހިފަހައްޓާފައިވަނީ ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށްކަމަށް އެ ނޫހުގައިވަނީ ބުނެފައެވެ.
އޭގައި އަދީބުގެ އިތުރުން އެ ބޯޓުގައި އަށް އިންޑޮނީޝިޔާ މީހުންނާއި އިންޑިޔާ މީހަކު އިންކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް