ސިފައިންގެ ތެރެއަށް ވޯޓާއި ގުޅޭ ލިޔުންތަކެއް އަޅައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސިފައިންގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމަށް ދޭ މެސެޖެއް ކަމަށް ބުނެ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލު ކުރަން ނޫޅުމަށް ގޮވާލާ ލިއުންތަކެއް އިއްޔެ ކަޅުތުއްކަލާ ކޮއްޓަށް އަޅައިފިއެވެ.
މި ލިޔުމުގައިވަނީ އިންތިހާބީ ރައީސަށް ސިފައިންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި ވޯޓުގެ ނަތީޖާ ގަޑުބަޑު ކުރުމަށް އެއްވެސް ކަމެއް ނުކުރުމަށެވެ.
މީގެއިތުރުން ވޯޓުގެ ނަތީޖާ ބާތިލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އަދި ސިފައިން ތިބޭނީ ރައްޔިތުންގެ ފަޅީގައި ކަމަށެވެ. މީގެ އިތުރުން ސިފައިން ގާނޫނީ ވެރިކަން ނަގަހައްޓާނެ ކަމަށްވެސް އެ ލިޔުމުގައިވެއެވެ.
ފަނޑިޔާރުންނަށް ބިރު ދައްކައި ނަތީޖާ ބަދަލު ކުރުމަށް ކުރަމުންދާ ހުރިހާ ކަމެއް ހުއްޓާލުމަށްވެސް ވަނީ މިލިޔުންތައް މެދިވެރިކޮށް ގޮވާލާފައިވެއެވެ.
މި ލިޔުންތަކާއި ގުޅިގެން އަދި މިހާތަނަށް ސިފައިން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް