ތްރީ އޮން ތްރީ ސްޓްރީޓް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އަކިރި ސްޕޯޓްސް ކްލަބުގެ ޓީމު
ތްރީ އޮން ތްރީ ސްޓްރީޓް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އަކިރި ސްޕޯޓްސް ކްލަބުގެ ޓީމު
ކުޅިވަރު 20 Apr 2023 | 14:00

ވަރުގަދަ ޓީމަކާއެކު އަކިރި ސްޕޯޓްސް ކްލަބު ނުކުންނާނީ ވޮލީ އަދި ފުޓްސަލް މުބާރާތް ކާމިޔާބުކުރުމަށް: އަމްމު

މިއަހަރުގެ ފިތުރު ޢީދު ބަންދުގައި މާވަށު ކައުންސިލްގެ ފަރާތުން ބާއްވާ ފިރިހެނުންގެ ފުޓްސަލް އަދި އަންހެނުންގެ ވޮލީބޯޅަ މުބާރާތުގައި އަކިރި ސްޕޯޓްސް ކްލަބުން ބައިވެރިވެފައި ވަނީ މުބާރާތް ކާމިޔާބު ކުރުމަށްޓަކައި ވަރަށް ރަގަޅަށް ތައްޔާރުވެގެން ކަމަށް އެކުލަބުގެ ފައުންޑާ އަހުމަދު މުހައްމަދު ( އަމްމު ) ބުނެފިއެވެ.

ވޮއިސް އެމްވީ އަށް މައުލޫމާތު ދެމުން އަމްމު ބުނީ އަކިރި ސްޕޯޓްސް ކުލަބަކީ ފާއިތުވެދިޔަ 6 އަހަރުތެރޭގައި އެއް މެނޭޖްމަންޓެއްގެ ދަށުން ރަށުގައި ބާއްވާ އެކިއެކި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ ހަމައެކަނި ކުލަބުކަމަށެވެ. އަދި މިދިޔައަހަރު ރަށުގައި ބޭއްވުނު ތްރީ އޮން ތްރީ ސްޓްރީޓް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ވެސް އަކިރި ސްޕޯޓްސް ކްލަބެވެ.

މިއަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރޯދަމަސް ފެށުނު ތަނާހެން ފަރިތަކުރުންތައް ފަށައިފި، އަދި މިއަހަރު އަންހެނުންގެ ވޮލީބޯޅަ މުބާރާތަށް އަކިރި ސްޕޯޓްސް އިން މި ނިކުންނާނީ މުބާރާތް ދިފާއުކުރަން. ޓީމު އޮތީ ވަރަށް ރަގަޅަށް ތައްޔާރުވެފައި ތަށި ފިފާއުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް އަމްމު ބުންޏެވެ.

އިތުރަށް ވާހަކަދައްކަމުން އަމްމު ބުނީ ފިރިހެނުންގެ ފުޓްސަލް މުބާރާތުގެ ސެމީގައި ދެފަހަރު އަދި ފައިނަލުގައި ތިން ފަހަރު މިދިޔަ ހަ އަހަރުތެރޭގައި ކުޅެވިއްޖެ ކަމަށާއި ނަމަވެސް އެޓީމަށް މިހާތަނަށް ޗެމްޕިއަންކަން ލިބިފައި ނުވާތީ، މިއަހަރުގެ މުބާރާތަށް ދުރާލާ ތައްޔާރުވެ ތަށި ކާމިޔާބުކުރުމަށް މިއަހަރު ވަރުގަދަ ޓީމެއް އެކުލަވާލައި މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް