ސަކާ އަދި ރަޝްފޯޑް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ސަކާ އަދި ރަޝްފޯޑް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު 19 Jun 2023 | 21:05

ސަކާގެ ހެޓްރިކާއެކު ނޯތު މެސެޑޯނިއާ އަތުން އިންގްލެންޑަށް ފަސޭހަމޮޅެއް!

ޔުއެފާ ޔޫރޯ 2024 ކޮލިފައިންގ ގްރޫޕް ސީގައި އިންގްލެންޑާއި ނޯތު މެސެޑޯނިއާ ވާދަކުރި މެޗުގެ 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އިންގްލެންޑް ކާމިޔާބުކޮށް ގްރޫޕް ސީގެ އެއްވަނައިގައި 06 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި އިގިރޭސިން ތިން ލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަަމަ ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ. މިއީ މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ލޫކް ޝޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އިނގިރޭސި ޓީމުގެ ދެވަނަ ލަނޑު 38 ވަނަ މިނެޓުގައި ސަކާ ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓް އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރަޝްފޯޑް އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ޖޯޑަން ހެންޑަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އިނގިރޭސިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އިނގިރޭސި ޓީމުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާސެނަލް ފޯވާޑް ބަކަޔޯ ސަކާ ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ދެ ލަނޑު ކާމިޔާބުކޮށް މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މެޗުގައި އިގިރޭސިން ކާމިޔާބުކުރި ހަވަނަ ލަނޑު 64 ވަނަ މިނެޓުގައި ފިލިޕްސް ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ފަހު ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ކެޕްޓަން ހެރީ ކޭން އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނައިގައި މިވަގުތު އޮތީ އިންގްލެންޑް އެވެ. އަދި މި ގުރޫޕްގެ ދެވަނައިގައި މިވަގުތު ކުޅުނު ތިން މެޗުން ލިބުނު 06 ޕޮއިންޓާއެކު ޔުކްރެއިން އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް