ލިވިޕޫލުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ލިވިޕޫލުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު 20 Jul 2023 | 02:22

ޖަރުމަނުގެ ދެވަނަ ޑިވިޝަންގެ ކުލަބެއްކަމަށްވާ ކާލްސްރުހެރް އަތުން ލިވަޕޫލަށް އުނދަގޫ މޮޅެއް

އެކުވެރިކަމުގެ މެޗެއްގައި ލިވަޕޫލާއި ޖަރުމަނުގެ ދެވަނަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ކާލްސްރުހެރް ވާދަކުރި މެޗު 4-2 ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ލިވަޕޫލު އިންނެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުރުގުއާއީގެ ފޯވާޑް  ޑާވިން ނުނޭޒް އެވެ. މިއީ އެޓީމުގެ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ކާލްސްރުހެރް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރުމަނުގެ މިޑްފީލްޑަރު ލާރސް ސްޓިންޑްލް އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު މާވިން ވަނިޓްޒެކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު މެޗުގެ ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ގިނަ ބަދަލުތަކަކާއެކު ލިވަޕޫލުން ފެށިއިރު، ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި ކާލްސްރުހެރް އިން ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ހޯދިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސެބަސްޓިއަން ޖަންގް އެވެ.

ލިވަޕޫލުން ނަތީޖާ އެއްވަރުކުރި ލަނޑު 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ނެދަލޭންޑްސްގެ ފޯވަޑް ކޯޑީ ގައްޕޯ އެވެ. މިއީ އެޓީމުގެ ޕޯޗުގަލްގެ ފޯވާޑް ޑިއެގޯ ޖޯޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމެން ދަނިކޮށް ލިވަޕޫލް މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ޕޯޗުގަލް ފޯވާޑް ޑިއެގޯ ޖޯޓާ ކާމިޔާބުކޮށްދިން ދެ ލަނޑުންނެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް