ިޖޭއެސްސީގެ ނިންމުމަށް ދެކޮޅު ނެހެދުމަށް އާޒިމް އެދިއްޖެ
ސުޕްރީމްކޯޓުގެ ފަނޑިޔާާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ޖޭއެސްސީން ކުރި އަމުރާއި ދެކޮޅު ނެހެދުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެދިއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.
މެންބަރު އަލީ އާޒިމް ވިދާޅުވީ ޖޭއެސްސީން ފަނޑިޔާރަކު ސަސްޕެންޑްކުރަން ނިންމުމުން، ސުޕްރީމް ކޯޓުން އެކަމަށް އިތުުރު ވާާހަކައެއް ބުނުމުގެ ފުރުސަތު ނެތްކަމަށެވެ.
އަދި މިކަން ރީތިކޮށް ކުރުމުގެ ފުރުސަތު ދެއްވުމަށްވެސް އަލީ އާޒިމް ވަނީ ގޮވާލައްވާފައެވެ.
ފަނޑިޔާާރު ދީދީގެ މައްސަލައެއް ފުލުހުން ބަލަމުން ދިޔުމާއި ގުޅިގެން އެބޭފުޅާ މަގާމުން ސަސްޕެންޑްކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. އެ ނިންމުން ސުޕްރީމް ކޯޓުން ބާތިލްކުރުމުން އެކޯޓަށް އެގޮތަަށް އަމަލު ނުކުރެވޭނެކަމަށް އެ ކޮމިޝަނުން ވަނީ ނިންމާާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް