ބަންގްލަދޭޝް ދާއިރާގެ މެމްބަރު އަންވާރުލް އާޒިމް
ބަންގްލަދޭޝް ދާއިރާގެ މެމްބަރު އަންވާރުލް އާޒިމް
ދުނިޔެ 22 May 2024 | 13:12

ގެއްލިގެން ހޯދަމުންދިޔަ ބަންގްލަދޭޝްގެ މެމްބަރަކު އިންޑިއާގައި މަރާލާފައި އޮއްވާ ފެނިއްޖެ

ބަންގްލަދޭޝްގެ ވެރިކަން ކުރާ ޕާޓީގެ މެމްބަރަކު ގެއްލުނުތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފަހުން އިންޑިއާގެ ކޮލްކަތާ ސިޓީގައި މަރާލާފައި އޮއްވާ ފެނިއްޖެ ކަމަށް ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު އަސަދުއްޒާމާން ޚާން ވިދާޅުވެއްޖެ އެވެ.

އަވާމީ ލީގު ޕާޓީން ޖެނައިޑާގެ ބޯޑަރު ޑިސްޓްރިކްޓްގެ ދާއިރާއިން ޖެހިޖެހިގެން ތިން ވަނަ ދައުރެއް ކާމިޔާބުކުރި އުމުރުން 56 އަހަރުގެ އަންވާރުލް އާޒިމް އަނާރު ގެއްލުނީ ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަތާ އެއް ދުވަސް ފަހުން މެއި މަހުގެ 13 ވަނަ ދުވަހު ކަމަށް އޭނާގެ ގާތްތިމާގެ މީހުން ބުނެ އެވެ. އޭނާ ގެއްލުނު މައްސަލައިގެ ރިޕޯޓެއް އޭނާގެ ގާތްތިމާގެ މީހުން އުތުރު ކޮލްކަތާގެ ބަރަނަގަރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައި ވަނީ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު ޚާން، ވިދާޅުވީ އެ މަރުގެ މައްސަލައިގައި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޮލްކަތާގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރަކު މައުލޫމާތު ދެއްވި ގޮތުގައި، އަނާރުގެ ހަށިގަނޑު ފެނިފައިވަނީ މިއަދުގެ ވަގުތެއްގައި، ނިއު ޓައުންގެ ދޫކޮށްލާފައި އޮތް ގެއަކުންނެވެ.

ކޮލްކަތާ ޕޮލިސްގެ ޗީފް އޮފް ޕޮލިސް، ހާރޫނުއްރަށީދު މައުލޫމާތު ދެއްވި ގޮތުގައި މެންބަރު އަންވާރުލް އާޒިމް އަނާރުގެ ހަށިގަނޑު ފެނިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އަނާރު މަރުވި ސަބަބެއް އަދި ހޯދިފައި ނުވާކަމަށްވެސް ޗީފް އޮފް ޕޮލިސް ރަޝީދު ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް