މިފަހަރު މަތީ ތައުލީމްގެ ލޯނު ހޯދުމަށް 900ފަރާތުން އެދުނު!
ސަރުކާރުގެ އެހީގައި ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލްކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭ ލޯން ސްކީމްގެ ދަށުން އެހީ ހޯދުމަށް 900އެއްހާ ފަރާތުން އެޕްލިކޭޝަން ހުށައަޅައިފިއެވެ.
ލޯން ސްކީމްގެ ދަށުން އެހީއަށް އެދި ހުށައެޅުމުގެ ފުރުސަތު މިއަދު ވަނީ ހަމަވެފައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި އިއްޔެއާއި ހަމައަށްވެސް 700އަށްވުރެ ގިނަ ފަރާތުން ވަނީ އެޕްލިކޭޝަން ހުށައަޅާފައެެވެ.
މި ސްކީމްގެ ދަށުން ލޯން ލިބޭ ފަރާތްތައް ހާމަކުުރުމަށް ހަަމަޖެހިފައިވަނީ ހުރިހާ އެޕްލިކޭޝަނެއް ބެލުމަށް ފަހުގައެވެ.
މިއީ މިސްކީމުގައި ބައިވެރިވުމަށް ހުޅުވާލެވުނު ދެވަނަ ފަހަރުކަން ފާހަަގަކޮށްލެވެއެެވެ.
ދެވަނަ ފަހަރަށް މި ސްކީމް ހުޅުވާލަންޖެހުނީ އެކި ސަބަބުތަކާއި ގުޅިގެން ފުރަތަމަ ބުރުގައި ލޯން ދޫކުރެވުނު އަަދަދު މަދުވެ، ޝަކުވާާތައް އިތުުރުުވުމާއި ގުޅިގެންނެވެ. މިދިޔަ މާޗް މަހު އިއުލާންކުރި ލޯން ސްކީމްގެ ދަށުން ހުޅުވާލި 586 ފުރުސަތުތަކުގެ ތެރެއިން ލޯން ހަމަޖެހުނީ އެންމެ 79 ފަރާތަކަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް