ދެމަފިރިން ރީލް ހަދަނީ
ދެމަފިރިން ރީލް ހަދަނީ
ދުނިޔެ 21 Oct 2026 | 05:04

ދެމަފިރިން ރީލް ހެދުމުގައި؛ ތުއްތު ދަރިފުޅު ރާޅުތަކުގެ ތެރޭގައި؛ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

ގޮނޑުދޮށެއްގައި ސޯޝަލް މީޑިއާ ރީލެއް ހެދުމަށް ދެމަފިރިއަކު ސަމާލުކަން ދީގެން އުޅެނިކޮށް، އެމީހުންގެ ތުއްތު ދަރިފުޅު ރާޅުތަކުގެ ތެރެއަށް ވެއްޓި ހާލުގައި ޖެހިފައިވަނިކޮށް އެހެން މީހަކު އެ ކުއްޖާ ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ދެމަފިރިން ސެލްފީ ސްޓިކެއް ބޭނުންކޮށްގެން އަމިއްލައަށް ވީޑިއޯ ރެކޯޑްކުރަމުން ގޮނޑުދޮށުގައި ހިނގަމުން ދިޔައެވެ. އެވަގުތު އަންހެންމީހާ ކުޑަކުއްޖާގެ އަތުގައި ހިފައިގެން ހުރި ނަމަވެސް، ކުއްލިއަކަށް އެ ކުއްޖާ ވެއްޔަށް ވެއްޓި، ބީއްސަމުންދިޔަ ރާޅުތަކުގެ ތެރެއަށް ދަމައިގަނެ އެނބުރެން ފެށިއެވެ.

ކުއްޖާ ވެއްޓުމުން އަންހެންމީހާ ކުޑަކޮށް ފަހަތް ބަލައިލި ނަމަވެސް، އަޅާނުލައި އަނެއްކާވެސް ކެމެރާއަށް ހިނިތުންވެ ޕޯޒްކުރަން ފެށިއެވެ. އަދި ފިރިހެންމީހާ ވެސް އެއްވެސް ސަމާލުކަމެއް ނުދީ ވީޑިއޯ ނެގުމުގައި ކުރިއަށް ދިޔައެވެ. ތުއްތު ކުއްޖާ ތިލަ ރާޅުތަކުގެ ތެރޭގައި އެނބުރެމުން ދިޔައިރު ވެސް، އެ ދެމަފިރިން ތިބީ ވީޑިއޯ ހެދުމުގެ ފޯރީގައެވެ. މި ހާދިސާގައި ކުއްޖާ ސަލާމަތްކޮށްފައިވަނީ އެވަގުތު އެ ސަރަހައްދުން ދިޔަ އެހެން މީހަކު ދުވެފައި އައިސް، ފެނުގެ ތެރެއިން އެ ކުއްޖާ ނަގައިގެންނެވެ.

މި ވީޑިއޯ 'އެކްސް' ގައި ހިއްސާކުރި މަރިޔަމް ކިޔާ އަންހެނަކު ބުނެފައިވަނީ، މި ހާދިސާ ހިނގީ އޭނާގެ ފިރިމީހާއާއެކު ގޮނޑުދޮށަށް ގޮސް އުޅުނު ވަގުތު ކަމަށެވެ. އަދި އެ ދެމަފިރިން ރީލް ހެދުމަށް މާބޮޑަށް ގެއްލިފައި ތިބުމުގެ ސަބަބުން، ދަރިފުޅަށް ކުރިމަތިވި ނުރައްކާ އެމީހުންނަށް ރޭކާވެސް ނުލި ކަމަށް އޭނާ ތުހުމަތުކުރިއެވެ. ކުއްޖާ ރާޅާއެކު ދަމައިގަތުމުގެ ކުރިން ސަލާމަތްކުރެވުނީ އެ މަގުން ދިޔަ މީހެއްގެ ހުށިޔާރުކަމުން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ސޯޝަލް މީޑިއާއަށް ދެވިހިފާފައިވާ މިންވަރާމެދު ސުވާލު އުފައްދަމުން މަރިޔަމް ވަނީ، އަމިއްލަ ދަރިންނަށް އިހުމާލުވާ މިންވަރަށް ރީލް ހެދުން މުހިންމުވީތޯ ސުވާލުކޮށްފައެވެ.

މި ހާދިސާ ހިނގި ސީދާ ތަނެއް، ދުވަހެއް އަދި ވީޑިއޯއިން ފެންނަ މީހުންނަކީ ކޮން ބައެއްކަން އަދި މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް މި ވީޑިއޯއާއެކު އިންޓަނެޓުގައި ގިނަ ބަޔަކު ދަނީ އެ ދެމަފިރިންގެ ޒިންމާދާރުކަން ކުޑަކަމުން އެކަމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅުންހުރި ކުންފުނިތަކަކަށް، އެޗްއެސްބީސީގެ އިސްލާމިކް ފަންޑުން 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކުރިކަން ހާމަވެއްޖެ
21 Oct 2026 ދުނިޔެ

އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅުންހުރި ކުންފުނިތަކަކަށް، އެޗްއެސްބީސީގެ އިސްލާމިކް ފަންޑުން 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކުރިކަން ހާމަވެއްޖެ

ދުނިޔޭގެ މަޝްހޫރު ބޭންކެއް ކަމަށްވާ އެޗްއެސްބީސީން އިސްލާމީ ޝަރީޢާ ހުއްދަކުރާ މިންގަނޑުތަކަށް )ޝަރީޢާ-ކޮމްޕްލަޔަންޓް( ފެތޭ ކަމަށް ބުނެ ހިންގާ ފަންޑަކުން، އިސްރާއީލުގެ އަސްކަރިއްޔާއަށް ހަތިޔާރާއި ވަސީލަތްތައް ފޯރުކޮށްދޭ ހަ ކުންފުންޏަކަށް 100 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައިވާކަން ފަޅާއަރައިފިއެވެ.