އެޗްއެސްބީސީ-
އެޗްއެސްބީސީ-
ދުނިޔެ 21 Oct 2026 | 03:32

އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅުންހުރި ކުންފުނިތަކަކަށް، އެޗްއެސްބީސީގެ އިސްލާމިކް ފަންޑުން 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކުރިކަން ހާމަވެއްޖެ

ދުނިޔޭގެ މަޝްހޫރު ބޭންކެއް ކަމަށްވާ އެޗްއެސްބީސީން އިސްލާމީ ޝަރީޢާ ހުއްދަކުރާ މިންގަނޑުތަކަށް (ޝަރީޢާ-ކޮމްޕްލަޔަންޓް) ފެތޭ ކަމަށް ބުނެ ހިންގާ ފަންޑަކުން، އިސްރާއީލުގެ އަސްކަރިއްޔާއަށް ހަތިޔާރާއި ވަސީލަތްތައް ފޯރުކޮށްދޭ ހަ ކުންފުންޏަކަށް 100 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައިވާކަން ފަޅާއަރައިފިއެވެ.

ދިރާސާކުރާ ފަރާތްތަކުން ބަލައި ފާސްކޮށްފައިވާ އެޗްއެސްބީސީގެ ރިޕޯޓަކާ ހަވާލާދީ އަލްޖަޒީރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ފައިސާ އިންވެސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި ޕަލަންޓިއާ (Palantir)، ޑިފެންސް ކޮންޓްރެކްޓަރެއް ކަމަށްވާ އާރްޓީއެކްސް (RTX)، ރޯލްސް-ރޮއިސް (Rolls-Royce)، ސެމީކޮންޑަކްޓާ އުފައްދާ އެނަލޮގް ޑިވައިސަސް (Analog Devices) އަދި އެއަރޯސްޕޭސް ކުންފުނި ހަނީވެލް (Honeywell) ހިމެނެއެވެ. މީގެ އިތުރުން، ޣައްޒާއަށް ބޮންއަޅަން އިސްރާއީލުން ބޭނުންކުރާ އެފް-35 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ބޭނުންވާ ބައިތައް އުފައްދާ އިނގިރޭސިވިލާތުގެ އަސްކަރީ ކުންފުންޏެއް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ކުންފުނިތަކުގެ ދައުރަށް ބަލާއިރު، އާރްޓީއެކްސް ކުންފުންޏަކީ އިސްރާއީލުގެ "އަޔަން ޑޯމް" މިސައިލް ނިޒާމަށާއި ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ ކުންފުންޏެކެވެ. އަދި ރޯލްސް-ރޮއިސް އިން އިސްރާއީލުގެ އަސްކަރީ އުޅަނދުތަކަށް އިންޖީނު ފޯރުކޮށްދޭއިރު، އެނަލޮގް ޑިވައިސަސް އިން ތަކެތި ފޯރުކޮށްދެނީ އިސްރާއީލުގެ އެންމެ ބޮޑު އެއް ހަތިޔާރު އުފައްދާ ކުންފުނި ކަމަށްވާ އެލްބިޓް ސިސްޓަމްސް (Elbit Systems) އަށެވެ.

ހަނީވެލް ކުންފުންޏަކީ އަސްކަރީ ސާމާނުތަކުގައި ބޭނުންކުރާ ސެންސަރުތަކާއި ގައިޑެންސް ސިސްޓަމްތައް ފަރުމާކުރާ ކުންފުންޏެކެވެ. ޖޫން 2024 ގައި ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ދިން މިސައިލް ހަމަލާއެއްގައި 14 ކުޑަކުދިން ހިމެނޭހެން 40 ފަލަސްތީނު ރައްޔިތުން ޝަހީދުވި ހާދިސާގައި ބޭނުންކުރި މިސައިލްގެ ބައިތަކުގެ ތެރޭގައި ހަނީވެލް ކުންފުނީގެ އުފެއްދުންތައް ހުރިކަން އަލްޖަޒީރާއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

އާންމު އުސޫލެއްގެ ގޮތުން ޝަރީޢާ ހުއްދަކުރާ މާލީ މުއާމަލާތްތަކުގައި ބަނގުރާ، ޖުވާ، އޫރުމަސް އަދި ހަތިޔާރު އުފައްދާ ވިޔަފާރިތަކަށް އިންވެސްޓްކުރުން މަނާވެއެވެ. ނަމަވެސް، އިސްލާމިކް ފައިނޭންސް ޚިދުމަތްދޭ ބައެއް ފަރާތްތަކުން ޑިފެންސް އަދި އަސްކަރީ ދާއިރާއާ ގުޅުންހުރި ހުރިހާ ކުންފުންޏެއް އިންވެސްޓްމަންޓް ލިސްޓުން އުނިނުކުރާކަން މި ހޯދުންތަކުން ވަނީ ހާމަވެފައެވެ.

މިކަމާ ގުޅިގެން، އެމީހުންގެ ފައިސާ އާއި ޕެންޝަން ފަންޑުތައް އިންވެސްޓްކުރެވެނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަމަށް ޤަބޫލުކޮށްގެން ތިބި މުސްލިމް އިންވެސްޓަރުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.

މި މައްސަލައިގައި ބަހެއް ހޯދުމަށް އެޗްއެސްބީސީއަށް އަލޖަޒީރާއިން ގުޅުމުން، އެ ބޭންކުން އެއްވެސް ޖަވާބެއް ދީފައެއް ނުވާކަމަށް އެ ނޫހުން ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދެމަފިރިން ރީލް ހެދުމުގައި؛ ތުއްތު ދަރިފުޅު ރާޅުތަކުގެ ތެރޭގައި؛ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
21 Oct 2026 ދުނިޔެ

ދެމަފިރިން ރީލް ހެދުމުގައި؛ ތުއްތު ދަރިފުޅު ރާޅުތަކުގެ ތެރޭގައި؛ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

ގޮނޑުދޮށެއްގައި ސޯޝަލް މީޑިއާ ރީލެއް ހެދުމަށް ދެމަފިރިއަކު ސަމާލުކަން ދީގެން އުޅެނިކޮށް، އެމީހުންގެ ތުއްތު ދަރިފުޅު ރާޅުތަކުގެ ތެރެއަށް ވެއްޓި ހާލުގައި ޖެހިފައިވަނިކޮށް އެހެން މީހަކު އެ ކުއްޖާ ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

އިނގިރޭސިވިލާތުން، ސައުދީއަށް ހޫތީންނާއި ދެކޮޅަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދެނީ
20 Oct 2026 ދުނިޔެ

އިނގިރޭސިވިލާތުން، ސައުދީއަށް ހޫތީންނާއި ދެކޮޅަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދެނީ

އިނގިރޭސިވިލާތުން ބުނެފައިވާ ގޮތުގައި، އެ ގައުމުން ފޮނުވާނީ ރޯޔަލް އެއާ ފޯސް )އާރްއޭއެފް(ގެ ވޮއޭޖަރ މަރުކާގެ، ވައިގައި ހުރެ އެހެން މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދޭ ބޯޓެކެވެ. މި އެހީ ދެނީ ސައުދީ ސަރުކާރުން އެދިވަޑައިގަތުމުން، ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް ސައުދީން ކުރިއަށް ގެންދާ ދިފާއީ މަސައްކަތްތަކަށް އެހީތެރިވުމަށެވެ.