ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ވަޑައިގަތުން
ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ވަޑައިގަތުން
ހަބަރު 20 Oct 2026 | 14:21

ތާރީހީ ދުވަހެއް: 10 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު އެ ޤައުމަށް ވަޑައިގެންފި އެވެ.

އޮކްޓޫބަރު 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެޤައުމުގެ ބޮޑުވަޒީރު، މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ޕާކިސްތާނަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

Uploaded image

މިއީ ވަރަށް ތާރީޚީ ދަތުރުފުޅެކެވެ. އެއީ މިއީ މިދިޔަ 10 އަހަރުގެތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ގައުމަށް ވަޑައިގެންނެވި ދިވެހި ރައީސަކީ ރައީސް ޔާމީނެވެ. އޭގެ ފަހުން ރައީސް ސޯލިހްގެ ވެރިކަމުގައި ފަސް އަހަރުގައި އެމަނިކުފާނު އެ ގައުމަށް ވަޑައިގެންފައެއް ނުވެ އެވެ.

Uploaded image

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ދެޤައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރެއްވުމަށާ، އަދި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ފަހުމުނާމާތަކެއް ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

Uploaded image

މި ދަތުރުފުޅުގައި، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި ބޭއްވޭ މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، 26 ޖުލައި 1966 ގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ހިމެނިވަޑައިގަންނަވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މީހާގެ މައްސަލަ ވެސް ބަލަނީ
20 Oct 2026 ހަބަރު

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މީހާގެ މައްސަލަ ވެސް ބަލަނީ

ސޯޝަލް މީޑިއާގައި އެކަމަށް ގޮވާލާ ޕޯސްޓެއް ކުރީ މީގެ ކުރީން އެމްޑީޕީގެ ހަރަކާތަކުން ފާހަގަވި މީހެކެވެ.

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ހައްޔަރުކޮށްފި
20 Oct 2026 ހަބަރު

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ހައްޔަރުކޮށްފި

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފޯލިކް އެސިޑް ހުހެއް ނުވޭ، ސްޓޭޓްފާމާއިން ލިބޭނެ
20 Oct 2026 ހަބަރު

ފޯލިކް އެސިޑް ހުހެއް ނުވޭ، ސްޓޭޓްފާމާއިން ލިބޭނެ

ރާއްޖެއިން މި ބޭސް ހުސްނުވާ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައިވެ އެވެ.

އުނގޫފާރު ހޮސްޕިޓަލުގެ އެކްސްރޭ މެޝިން ހަލާކުވެ، ޚިދުމަތް ނުލިބޭތާ މަހަކަށްވުރެ ގިނަ ދުވަސް، ރައްޔިތުންނަށް ބޮޑު ދައްޗެއް
20 Oct 2026 ހަބަރު

އުނގޫފާރު ހޮސްޕިޓަލުގެ އެކްސްރޭ މެޝިން ހަލާކުވެ، ޚިދުމަތް ނުލިބޭތާ މަހަކަށްވުރެ ގިނަ ދުވަސް، ރައްޔިތުންނަށް ބޮޑު ދައްޗެއް

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މައި އެކްސްރޭ މެޝިން ހަލާކުވެ، އާންމުކޮށް އެކްސްރޭގެ ޚިދުމަތް މެދުކެނޑިފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވުމުގެ ސަބަބުން، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ޖީއެސްޓީ އުވާލުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި
20 Oct 2026 ހަބަރު

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ޖީއެސްޓީ އުވާލުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި

ސަރުކާރުގެ ނަމުގައި ބިލު ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ. އެ ބިލުން ބޭނުންވަނީ ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ޖީއެސްޓީ ގާނޫނުގައި ހިމަނާފައިވާ ހުރިހާ މާއްދާއެއް ގާނޫނުން އުނިކުރުމެވެ.

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ދަށުން ވޭތުވެދިޔަ އަހަރު 14 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި
20 Oct 2026 ހަބަރު

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ދަށުން ވޭތުވެދިޔަ އަހަރު 14 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގައި ތިބި 14 ކުއްޖަކު މިދިޔަ އަހަރު ފޮސްޓަރިންގ ޕްރޮގްރާމުގެ ދަށުން އާއިލާތަކާ ހަވާލުކޮށް، އިތުރު 18 ކުއްޖަކު ދައުލަތުގެ ބެލުމަށް ނަގައިފިއެވެ.

ރަސްމާލެ މަޝްރޫއު: ފުލުހުން ތިބޭނެ، އެހެން ދީނަކަށް ފުރުސަތެއް ނޯންނާނެ
20 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫއު: ފުލުހުން ތިބޭނެ، އެހެން ދީނަކަށް ފުރުސަތެއް ނޯންނާނެ

"އެތަނުގައި ހުންނާނެ ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހުންގެ މަރުކަޒެއް،" ރައީސް ވިދާޅުވި އެވެ.

ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި
20 Oct 2026 ހަބަރު

ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި

ޕީސީބީން މިއަދު ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޑެޓާއި ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފައިވާ ކަމަށެވެ.