އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މީހާގެ މައްސަލަ ވެސް ބަލަނީ
އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހާ އިހްތިޖާޖުކޮށް ފިހާރަތައް ލޫޓްވާން ގޮވާލި މީހެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އެކަމަށް ގޮވާލާ ޕޯސްޓެއް ކުރީ މީގެ ކުރީން އެމްޑީޕީގެ ހަރަކާތަކުން ފާހަގަވި މީހެކެވެ. ޑެތްގެ ނަމުން އާންމުންގެ ތެރޭގައި އޭނާ މަޝްހޫރުވެފައިވާއިރު އޭނާ ވަނީ 100 އަހަރަށް ބިންތައް ކުއްޔަށްދޭތީ އެކަމާއި ގުޅޭގޮތުން ޕޯސްޓެއް ކޮށްފަ އެވެ.
އެ ޕޯސްޓްގައި ވަނީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އިހްތިޖާޖު ކުރުމާއި އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހަން ގޮވާލާފަ އެވެ. އަދި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފިހާރައިގެ ނަން ފާހަަގަކޮށް ފިހާރަތައް ލޫޓްވަން ހިތްވަރު ދީފައިވެ އެވެ.
ފުލުހުން މިރޭ ބުނީ އޭނާގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށްވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް