ފޮޓޯ:އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ފޮޓޯ:އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ހަބަރު 20 Oct 2026 | 18:17

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ދަށުން ވޭތުވެދިޔަ އަހަރު 14 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ދަށުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 14 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ވޭތުވެދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް އަލަށް 18 ކުއްޖަކު ނަގާފައިވެއެވެ. މިފަދައިން ކުދިން ދައުލަތާ ހަވާލުކުރަން ޖެހޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މައިންބަފައިން މަސްތުވާތަކެތި ބޭނުންކުރުމާއި، ކައިވެނިން ބޭރުގައި ވިހެއުމަށްފަހު އެ ކުދިންނަށް އަޅާލާނެ ފަރާތެއް ނެތުން ފަދަ އިޖުތިމާޢީ ބޮޑެތި މައްސަލަތައް ހިމެނެއެވެ. މިއީ މުޅި މުޖުތަމަޢަށާއި ދައުލަތަށް ވެސް އުފުލަންޖެހިފައިވާ ވަރަށް ބޮޑު ބުރައެކެވެ.

Uploaded image

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންނަށް ރައްކާތެރި މާހައުލެއްގައި އުޅޭނެ ތަނާއި، ޒަރޫރީ އަދި އަސާސީ ހުރިހާ ބޭނުންތަކެއް ސަރުކާރުން އަންނަނީ ފުރިހަމަކޮށްދެމުންނެވެ. އެހެންނަމަވެސް، އެ ކުދިންގެ ހަޔާތަށް އެންމެ ބޮޑަށް ބޭނުންވަނީ އާއިލީ ލޯތްބާއި ކުލުނެވެ.

މިފަދަ ކުދިން މުޖުތަމަޢުގެ ތެރެއަށް ނުކުންނަ ހިނދު، ބައެއް ފަރާތްތަކުން އެ ކުދިންނަށް ބުލީކޮށް، ތަފާތުކުރުންތައް ގެންގުޅޭކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ ނުހަނު ހިތާމަހުރި ކަމެއް ކަމަށާއި، މި ކުދިންނަކީ އެއްވެސް ކުށެއް ނެތް މައުސޫމް ކުދިން ކަމުގައިވާތީ، އެ ކުދިންނަށް ބޭނުންވަނީ މުޖުތަމަޢުގެ ފަރާތުން ލޯތްބާއި، އޯގާތެރިކަމާއި، އެންމެން ބައިވެރިކޮށް ޝާމިލުކުރާ ރައްކާތެރި ވެއްޓެއް ކަމަށް ކަމާގުޅޭ ފަރާތްތަކުން ބަޔާންކުރެއެވެ.

ސަރުކާރުގެ އަމާޒަކީ ދައުލަތުގެ މަރުކަޒުތަކުގައި ކުދިން ބޭތިއްބުމުގެ ބަދަލުގައި، އެ ކުދިންނަށް އޯގާތެރި އާއިލާއެއްގެ ތެރެއިން ތަރުބިއްޔަތު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށްވާތީ، "ކޮންމެ ކުއްޖަކަށް އާއިލާއެއް" މި ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ނަފްސާނީ ދުޅަހެޔޮކަން މަތީ ދެމިތިބުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް: މިނިސްޓަރ ޤީލާ
05 Nov 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަން މަތީ ދެމިތިބުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް: މިނިސްޓަރ ޤީލާ

މިއަދު ފެށިގެންދިޔަ މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތަކާ ގުޅޭ ގޮތުން އާންމު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި، މި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ދޭ ހިދުމަތްތައް ދައްކާލުމެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދީ، އިޖުތިމާއީ ގޮތުން ބަދަހި މުޖުތަމައެއް ގާއިމު ކުރުމަށް ބާރުއެޅުމަކީ ވެސް މި އެކްސްޕޯގެ މުހިންމު ބޭނުމެކެވެ.