ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި
ސަރުކާރުގެ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި އެވެ.
ޕީސީބީން މިއަދު ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޑެޓާއި ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފައިވާ ކަމަށެވެ.
އެގޮތުން މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވަނީ މ. އަހުލިހަ މުހައްމަދު އަރީޝް އެވެ. އޭނާ އަކީ މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރެވެ. އެންމެ ފަހުން އޮތް އިންތިހާބުގައި ވާދަކުރި ނަމަވެސް ބޮޑު ތަފާތަކުން އޭނާ ވަނީ ނާކާމިޔާބުވެފަ އެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ގ. މާޅިކަ އަހްމަދު އިމްދާހް މުހައްމަދު އެވެ. އަދި ސަރުކާރުގެ ބޭސް ކުންފުނި -- ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ގދ. ތިނަދޫ ޕެންޒީމާގެ އިސްމާއީލް ފަރުހާދު އަހްމަދު އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް